Advertisement

ފަޒީސް ހިޖާމާ ތެރަޕީ --

22 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ފަޒީގެ ހިޖާމާ ކުލިނިކް ބަންދުކުރަން ފުލުހުން ނުކުމެއްޖެ

ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި، ހިޖާމާ ޖެހުމުގެ ޚިދުމަތްދޭ ކްލިނިކެއްގެ މައްސަލަ އެމިނިސްޓްރީން ހުށައަޅާފައިވާތީ، އެ ކަން ތަޙްޤީޤު ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހެލްތު މިނިސްޓްރީން އެ އިދާރާއަށް ހުށައަޅާފައި ވަނީ، ހުއްދަ ނުނަގައި ހުޅުމާލޭގައި ހިންގަމުން އަންނަ ކްލިނިކެއްގެ މައްސަލަ ކަމަށެވެ. އެއީ ކޮން ކްލިނިކެއްކަން ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް އެކްލިނިކަކީ، ފަޒީސް ހިޖާމާ ތެރަޕީގެ ނަމުގައި ހިންގަމުުން އަންނަ ކްލިނިކްކަން އެނގިފައިވެއެވެ.

2016 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ އެކްލިނިކް ބަންދު ކުރުމަށް މީގެ ކުރިންވެސް ހެލްތު މިނިސްޓްރީން މަސައްކަތްކޮށްފައިވެއެވެ. މިފަހަރުވެސް އެތަން ބަންދުކުރުމަށް ހެލްތު މިނިސްޓްރީން އެންގުމުން އެ މިނިސްޓްރީގެ އެންގުމަށް ތަބާ ނުވެ ފަޒީ އަންނަނީ ކްލިނިކް ހިންގަމުންނެވެ.

ފުލުހުންގެ އިދާރާގައި ހެލްތު މިނިސްްޓްރީ އެ ކްލިނިކް ބަންދުކޮށްދިނުމަށް އެދިފައި ވަނީ އެތަން ހިންގާ ފަރާތްތަކުން ހެލްތު މިނިސްޓްރީގެ އެންގުމަށް ތަބާވެފައި ނުވާތީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.