Advertisement

އިހަވަންދޫ ކައުންސިލާއި އެމްޕީއެލްއިން ފަހުމުނާމާގައި ސޮއި ކުރުމުގެ ރަސްމިއްޔާތު --

20 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭ އެއް އެޅުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހއ. އިހަވަންދޫގައި ސްލިޕްވޭއަކާއި، ޑޮކްޔާޑެއް ތަރައްޤީ ކުރުމާއި ގުޅޭ ފަހުމު ނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އާއި، އެކައުންސިލްގެ މެމްބަރު އަޙްމަދު ޞަބާޙްއެވެ. މިކަމަށްޓަކައި އެރަށުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

މިއީ އިހަވަންދޫގައި ޑޮކްޔާޑެއް އެޅުމަށް އެއްބަސްވުމެއް ހެދި ދެވަނަ ފަހަރެވެ. މީގެ ކުރިން އެމްޓީސީސީއާއެކުވެސް އެކައުންސިލުން ވަނީ އެފަދަ އެއްބަސްވުމެއް ހަދާފައެވެ. އެހެން ނަމަވެސް އެމަސައްކަތް ކުރިޔަށް ނުގެންދެވި އެއްބަސްވުން އުވާލިކަން ކައުންސިލުން ހާމަކުރީ މި ނިމުނު ހަފްތާގައެވެ.

އެމްޕީއެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާ ކުރި ކެރޭނު --

މީގެ އިތުރުން އެމްޕީއެލްއިން މިއަދު ވަނީ އިހަވަންދޫ ކައުންސިލަށް ކެރޭނެއްވެސް ހަދިޔާކޮށްފައެވެ.

އިހަވަންދިއްޕޮޅުގެ އެންމެ އުއްމީދީ އެއްމަޝްރޫޢު ކަމުގައިވާ ބަންކަރިންގެ ޚިދުމަތް އިއްޔެ ވަނީ ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.