Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ މަޖިލިސް

27 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންނަށް އެންމެ ބޭނުން ބޮޑުވެފައިވާ އިސްލާޙް ފާސްނުކޮށް މަޖިލިސް ޗުއްޓީއަށް

ކުނި މެނޭޖް ކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙް ފާސްނުކޮށް ރައްޔިތުންގެ މަޖިލިސް ދައުރު ނިންމާލައި ޗުއްޓީއަށް ހިނގައްޖެއެވެ.

ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖު ކުރުމުގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ ހުސްވި މާރިޗު މަހުގައެވެ. އެބިލް ހުށައެޅުމުގެ އެއްބޭނުމަކީ، އެޤާނޫނު މިހާރު އޮތް ގޮތުގެ ސަބަބުން، ކޮތަޅުން ފީނަގާއިރު، ތަކުރާރުކޮށް ފީ ނެގޭ ގޮތަށް އޮތުމުން ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފާއި އިޤުތިޞާދަށް އަންނަ ލޮޅުން ކުޑަކުރުމެވެ.

އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝިއުނާވެސް ރައްޔިތުންގެ މަޖިލީހުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މައްސަލަ ދިމާވީ، ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖު ކުރުމުގެ ޤާނޫނު) ފާސްކުރި އިރު، ސަރުކާރުން ހުށައަޅާފައިވާ ގޮތަށް ކޮމިޓީ މަރުހަލާގައި ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. މިގޮތުން އެޤާނޫނުގައި ހިމަނާފައިވާ އިސްތިސްނާ ހާލަތްތައް ކޮމިޓީ މަރުހަލާގައި އުނިކޮށް ބިލް ފާސްކުރުމަކީ މިހާރު އުފެދިފައިވާ މައްސަލައިގެ އަސްލެވެ.

މިހާރު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ، ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖު ކުރުމުގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލު، ސަރުކާރުން މަޖިލީހަށް ހުށައެޅީވެސް ޤާނޫނުގައި ޕްލާސްޓިކް ކޮތަޅުން ފީނެގުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އެކަން ފެށޭއިރު ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ވިދާޅުވިއެވެ. މިބިލްގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ، 29 މާރިޗު 2023ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ. އަދި މިބިލްގެ އިބްތިދާއީ ބަހުސް ފަށާފައި ވަނީ، 24 އޭޕްރީލް 2023 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ.

މިބިލް އަވަހަށް ފާސްކޮށް މިހާރަށް އުފެދިފައިވާ މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި މަޖިލީހުގެ ރިޔާސަތުން މިބިލް ފާސްކުރުން ލަސްކުރުމުގެ ނިޔަތެއް އޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ތަރުތީބު ކަނޑައަޅަނީ މަޖިލީހުގެ ރިޔާސަތުން، ރައީސް ނަޝީދު ކަމުގައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ކޮންމެ ޖަލްސާއެއްގައިވެސް މި ބިލް ހިމަނާފައި ވަނީ އެޖެންޑާގެ އެންމެ ފަހަތުގައެވެ. އަދި މިއަދު އެ ބިލަށް ވޯޓަށް ނޭހީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެބިލަށް އިތުރަށް ބަހުސްކުރަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދެވެ.

އެހެންކަމުން ރައީސް ނަޝީދުގެ މަޤުޞަދަކީ މަޖިލީހުގެ ތެރެއިން ސަރުކާރަށް އިތުރަށް ޖެއްސުން ކުރެއްވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސިފަކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށޭނީ އަންނަ މެއި މަހުގެ 3 ވަނަ ހަފްތާގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.