Advertisement

ރައިސް ޔާމީނުގެ ކެންޑިޑެންސީ ހުށައެޅުން

02 Aug 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީނުގެ ކެންޑިޑެންސީ ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށައެޅުއްވި ކެންޑިޑެންސީ ފޯމް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭ މީހުންގެ ކިބައިގައި ހުރުން ލާޒިމްކޮށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ރިޔާސީ އިންތިޚާބާއި ބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ މުހިއްމު ޝަރުޠުތައް ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ރިޔާސީ އިންތިޚާބަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށައެޅުއްވި ކެންޑިޑެންސީ ފޯމާއެކު ދެއްވާފައިވާ މައުލޫމާތުގައިވެސް، ރައީސް ޔާމީނަކީ، 12 މަސްދުވަހަށް ވުރެ ދިގު ޖިނާއީ ހުކުމެއް އައިސްފައިވާ ބޭފުޅެއްކަން އެނގޭ ކަމަށެވެ. މިގޮތުން ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކެންޑިޑެންސީ ފޯމް ބާޠިލްކޮށް ދީފައިވާ ޖަވާބުގައި ބުނެފައިވެއެވެެ.

ރައީސް ޔާމީންގެ ރަނިން މޭޓެެއްގެ ގޮތުގައި ހުށައަޅާފައިވާ، ކުރީގެ ނައިބު ރައީސް އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރައީސް ޔާމީނުގެ ރަނިން މޭޓަކަށް އިޚްތިޔާރުކުރެއްވި، ޑރ މުޙައްމަދު ޖަމީލު އަޙްމަދުގެ ޝަރުޠު ފުރިހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކެންޑިޑެންސީ ބަލައި ނުގަތް މައްސަލަ އިސްތިޢުނާފަށް ހުށައަޅާނެ ކަމުގައި ޕީޕީއެމުން ވަނީ ބުނެފައެވެ. ރިޔާސީ އިންތިޚާބުގެ ކުރިންވެސް ޕީޕީއެމުން ވަނީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ނެތުމަކީ، ދުސްތޫރީ މައްސަލައެއް ކަމުގައި ބުނެ، އެމައްސަލަ ސްޕްރީމްކޯޓަށް ހުށައަޅާފައެވެ. އެހެން ނަމަވެސް އެއީ ދުސްތޫރީ މައްސަލައަކަށް ނުވާތީ ކޯޓުން ވަނީ އެމައްސަލަ ބޭރުކޮށްލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.