Advertisement

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު

02 Aug 2023
ޚަބަރު
ޢަލީ ސުލައިމާން

އަޤުޞާ މިސްކިތުގެ ހަރިންމައިގެ ތެރެއަށް އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ވަނުން ކުށްވެރިކުރައްވައިފި

އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާއި، އަލް ޙަރަމްޝަރީފްގެ ތެރެެއަށް އިޒްރާއީލުގެ ސިޔާސީ ފަރާތްތަކުން ވަނުން، ރާއްޖޭގެ ފޮރިންގ މިނިސްޓަރ ކުއްވެރި ކުރައްވައިފިއެވެ.

މިނިސްޓަރ ޢަބުދުﷲ ޝާހިދު މިކަން ކުއްވެރި ކުރެއްވީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ (އޯ.އައި.ސީ.) ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބޭފުޅުންގެ މެދުގައި ހޯމަ ދުވަހު ވަރޗުއަލްކޮށް ބޭއްވި އެކްސްޓްރާ-އޯޑިނަރީ ބައްދަލުވުމުގައި ކުރެއްވި ތަޤުރީރުގައެވެ. ދާދިފަހުން، އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ވަނީ، އަލް އަޤުޞާ މިސްކިތުގެ ޙަރިންމަ ތެރެއަށް ވަދެފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ފަދަ އަމަލުތަކަކީ މެދުއިރުމަތީގެ ސުލްހަމަސަލަސްކަން ގެއްލުވާލަ ފަދަ އަމަލެއްކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި، އެ މަނިކުފާނުގެ ތަޤްރީރުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުމެހެން ފަލަސްތީނުގެ ރައްޔިތުންނާއެކު ވާނެކަމުގައި ވިދާޅުވެ، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ތަޤުރީރުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަލި އަޅުވާލެއްވީ، ޑެންމާކްގައި ހުންނަ އިރާޤްގެ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާނުގެ މުޞްޙަފް އަންދާލި މައްސަލައަށެވެ. އެކަން ކުއްވެރިކުރައްވައި، އެފަދަ އަމަލުތައް ތަކުރާރުވިޔަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން، އޯއައިސީގެ މެމްބަރުން ވަނީ މަޝްވަރާކުރައްވާފައެވެ. 

މި ބައްދަލުވުން ނިންމާލާފައި ވަނީ، އޯ.އައި.ސީ.ގެ މެމްބަރު ޤައުމުތަކުގެ މެދުގައި މި ދެ އަމަލުތައް ކުށްވެރިކޮށް، އެކަންކަމާއި ދެކޮޅަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ހާމަކުރަމުންނެވެ. މިބައްދަލުވުމުގައި ވަނީ އެކަންކަމާއި ގުޅޭ ގޮތުން ދެ ޤަރާރެއްވެސް ފާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.