Advertisement

ނ އަތޮޅު އަމާންވެށީގައި ތިބި ކުދިންގެ ރޯދަ ވީއްލުން --- ފޮޓޯ: ޖެންޑާ

25 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

ހުސްވި މަހުވެސް 3 ކުޑަކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި

ހުސްވި މާރިޗުމަހުވެސް އަލަށް ދައުލަތުގެ ބެލުމުގެ ދަށަށް ތިން ކުޑަކުއްޖަކު ދައުލަތގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމުގައި މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީ ހާމަކޮށްފައިވާ ތަފާސް ހިސާބުގައި ވާގޮތުން، ހުސްވި މާރިޗު މަހު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައި ވަނީ، 2 ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. އަދި ހުސްވި މަހު، 2 ކުޑަކުދިންގެ ޤާނޫނީ ބަލަދުވެރިކަން އެހެން ފަރާތްތަކާއި ހަވާލުކޮށް ކުދިން އެއާއިލާތަކާއި ހަވާލުކޮށްފައި ވެއެވެ. އޭގެ އިތުރުން އިތުރު ކުއްޖަކު އަލުން އާއިލާގެ މީހުންނާއި އެކު ދިރިއުޅުމަށް ފޮނުވިފައިވެއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މާރިޗުމަސް ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި، 186 ކުދިން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ، 107 ފިރިހެން ކުދިންނާއި 106 އަންހެން ކުދިންނެވެ.

ދައުލަތުން ބަލަހައްޓާ ކުދިން ބައިތިއްބަނީ ހުޅުމާލެ ފިޔަވަތީ ގަޔާއި، ވިލިމާލޭގައި ހުންނަ ކުޑަ ކުދިންގެ ހިޔާގެ އިތުރުން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ އަމާން ހިޔާތަކުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.