Advertisement

ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުހައްމަދު ޞާލިޙް އެމްޑިއޭގެ ޕޮލިޓިކަލް ސެންޓަރ ހުޅުއްވައި ދެއްވުން

30 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރ ރައީސް ހުޅުއްވައި ދެއްވައިފި

އެމްޑީޕީއާއެކު ކޯލިޗަން ހަދާފައިވާ ޕާޓީ އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިސެންޓަރު ހުޅުއްވައި ދެއްވީ، މިއަދު ފުވައްމުލަކަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުހައްމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ. 

އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުއްވައި ދެއްވުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި ލިޔުއްވައި ސޮއެކުރައްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުވައްމުލަކަށް ކުރައްވާ މިކެމްޕޭން ދަތުރުފުޅުގައި  އެމަނިކުފާނުގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގަންނަވައެވެ. ފުވައްމުލަކަކީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އުފަންރަށެވެ. އަދި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ގާތްތިމާގެ ބޭފުޅުންގެ ތެރެއިން ގިނަ އަދަދެއްގެ ބޭފުޅުންވެސް ދިރިއުޅުއްވަނީ އެރަށުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފުވައްމުލަކަށް ކުރެއްވި ޒިޔާރަތުުގެ ތެރެއިން މިރޭ އެރަށުގައި ބޮޑު ކެމްޕޭން ޖަލްސާއެއް އޮންނާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.