Advertisement

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހުޅުއްވައި ދެއްވުން

30 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ފުވައްމުލަކު ސްކޫލް ހޯލާއި ފުޓުބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، ފުވައްމުލައް ސިޓީ ދޫޑިގަން ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ދޫޑިގަން ފުޓުބޯޅަދަނޑު ހުޅުއްވައި ދެއްވީ، އެމަނިކުފާނު މިއަދު ފުވައްމުލައް ސިޓީއަށް ކުރެއްވި ޒިޔާރަތުގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ.

ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމުގެ މަޝްރޫޢުކުރިޔަށް ގެންގޮސްފައި ވަނީ، އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިގެންނެވެ. ދިރާސީ އައު އަހަރު ފެށޭއިރު މިޢިމާރާތް ބޭނުން ކުރަން ފެށޭނެއެވެ.ފުވައްމުލައް ސިޓީ ދޫޑިގަން އަވަށުގައި ސަރުކާރުން ތަރައްޤީކޮށްދެއްވި ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލުހޯދައި ދެއްވުމަށާއި، ދަރިވަރުންގެ އިތުރު ޙަރަކާތްތަކަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށް، ކިޔަވައިދިނުމުގެ ފެންވަރުމަތިކުރުމަށް މިސަރުކާރުން ވަނީ މުޅި ރާއްޖޭގެ ސްކޫލުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ.

އަދި ޒުވާނުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ކުޅިވަރު ކުޅުމާއި، ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ދިޔުމަށް މަގުފަހިކޮށްދީ ކުޅިވަރުތައް ތަރައްޤީކުރުމަށް ޒަމާނީ ފެންވަރުގެ ކުޅިވަރުދަނޑުތައް އެޅުމުގެ ގިނަ މަޝްރޫޢުތަކެއްވެސް ވަނީ ހިންގާފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.