Advertisement

މިނިވަން އުފާ ކާނިވާ ކުޅިވަރު ހަރަކާތްތައް ފެށުން

30 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ފުރިހަމަ ޑްރޯން ޝޯވ އަކާ، ހަވާއާއެކު، މިނިވަން އުފާ ކާނިވަލް ފަށައިފި

ފުރިހަމަ ޑްރޯން ޝޯއަކާ ހަވާއެރުމާއެކު ސްޓޭޖް ޝޯ އާއެކު މިނިވަން އުފާ ކާނިވާ ރޭފަށައިފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ކާނިވާ ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރެއަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔަ ކުޅިވަރު ތަކުގެ ތެރޭގައި ޑްރޯން ޝޯ އާ ހަވާއެރުވުން ހިމެނެއެވެ.

ރޭ ކުރިޔަށް ގެންދިޔުމަށް ހަމަޖެއްސި ރެޑްބުލް ޕެރަމޮޓޯ ހަރަކާތްތައް ވަނީ މޫސުމް ތަން ނުދިނުމުގެ ސަބަބުން ފަސްކޮށްފައެވެ. އަދި ޕެރަމޮޓޯ ހަރަކާތްތައް މިއަދު ނުވަތަ މޫސުމް ތަންދިންހާ އަވަހަކަށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މިނިވަން އުފާ ކާނިވަލްގައި ކޮންމެ ދުވަހަކު ހިމެނޭ ހަރަކާތްތަކުގެ ތެރޭގައި ކުޅިވަރު ސްޓޯލްތައް, ފުޑް ސްޓޯލްތަކާއި ތަފާތު ކުޅިވަރު ގޭމްތައް ހިމެެނެއެެވެ. ކާނިވަލުގައި ރާއްޖޭނެ ބޭރުގެ ޕާފޯމަންސަރުން, ދިވެހި ފަންނާނުން, ދިގުދަނޑި ހިނގުން, އެކްރޮބެޓްސް, ޖަގްލަރސް, ބިރުވެރި ހޮހޮޅަ, ކަރޯކޭ ބޮކްސް, ފްލޯޓް ޕާރކް, ލެއިޒަރ ޕާރކް, ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ.

މީގެ އިތުރުން ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އިތުރު މީހަކާއެކު އިންޑޮނޭޝިޔާގެ ބާލީއަށް 7 ދުވަހުގެ ޗުއްޓީ ދަތުރެއް ލިބޭނެއެވެ.

މިކާނިވާ ކުރިއަށް ގެންދަނީ ހޯމް މިނިސްޓްރީއާ އާބަންކޯ ގުޅިގެންނެވެ. ކާނިވަލްގެ ޕާޓްނަރުންގެ ތެރޭގައި ދިރާގު, އެސްޓީއޯ, ސްޓެލްކޯ, އެމްޑަބްލިޔުއެސްސީ, އުރީދޫ ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
16 Sep 2024
ޚަބަރު
މަގުމަތިން މީހެއްގެ އަތުން ސައިކަލެއް ފޭރުނު މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަގުމަތިން މީހެއްގެ އަތުން ސައިކަލެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލެ ދަފްތަރު ނަމްބަރު 5624، އަޙްމަދު ޝައިރަފް ޢަބްދުއްރަޙީމް (30އ) ކަމަށެެވެ.
16 Sep 2024
ޚަބަރު
މާލޭގެ ގެއަކަށް ފިރިހެނަކު ވައްދައި ފޭރުނު ބަޔަކަށް ދައުަވާކުރަން ފޮނުވައިފި
މިގޮތުން، މއ. މަސްފަން، ޢާއިޝަތު (43އ) އާއި މއ. މަސްފަން، މުޙައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ / ސޯމާ، ޝަފީޤު އިބްރާހީމް (35އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
16 Sep 2024
ޚަބަރު
ރާވައިގެން މީހަކު ގެސްޓް ހައުސަކަށް ގެންގޮސް ފޭރުނު ދެމީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފޭރުމުގެ އެ ޢަމަލު ހިންގި ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ.
16 Sep 2024
ޚަބަރު
ޕީޖީގެ މަޤާމައް ޢައްބާސް ޝަރީފް ޢައްޔަނުކުރުމަށް ރުހުންދޭން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި
އެކޮމިޓީން މިއަދު ވަނީ، އައްބާސް ޝަރީފާއި އިންޓަރވިއުކޮށްފައެވެ. މިގޮތުން، އިންޓަރވިއު ކުރުމަށް ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހުގައި، ކޮމިޓީގެ މުޤައްރިރު، މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވީ، ޕީޖީގެ މަޤާމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ޢައްބާސް ޝަރީފްގެ ޝަރުޠު ހަމަވާކަމަށާއި އަދި އޭނާ އެމަޤާމަށް ޢައްޔަނުކުރެއްވުމާއު ގުޅޭ ގޮތުން ޝަކުވާއަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ޝަކުވާއެއްވެސް ލިބިފައި ނުވާ ކަމަށެވެ. އަދި އިންޓަވިއުގައި މެމްބަރުން މާކްސް ދެއްވި ގޮތަށް ބަލާއިރު ޢައްބާސް ޝަރީފަށް، %93.7 އިންސައްތަ މާކްސް ލިބިވަޑައިގެންނެވި ކަމުގައިވެސް ކޮމިޓީގެ މުޤައްރަރު ވިދާޅުވިއެވެ.