Advertisement

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ -- ފޮޓޯ: މަޖިލީހުގެ އިދާރާ

25 Apr 2023
ޚަބަރު

މާލެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 800 ޓަނުގެ ކުނީގެ %12އަކީ ޕްލާސްޓިކް ކުނި: މިނިސްޓަރ

މާލެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 800 ޓަނުގެ ކުނީގެ %12އަކީ ޕްލާސްޓިކް ކުނިކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެކަމާ މިހެން ވިދާޅުވީ  މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 35 ވަނަ ޖަލްސާގައި ވަޒީރުންނައި ސުވާލުރުމުގެ ވަގުތުގައި  ރައްޔިތުންގެ މަޖިލީހުގެ ނޕޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގައި އުކާލެވޭ ސިންގަލް ޔޫސް ޕްލާސްޓީކް ކުނީގެ 13 ބާވަތެއް މުޅިން ނައްތާލުމަށް ކަމަށެވެ. މިގިތުން މިހާރު ކުރިޔަށޤދަނީ، ރާއްޖޭގައި ސިންގަލް ޔޫސްޕްލާސްޓިކް އުފެއްދުމާއި ބޭނުން ކުރުމާއި އެތެރެކުރުން މަނާކުރުމުގެ ފުރަތަމަ މަރުޙަލާކަމުގައި މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

އަދި ސިންގަލް ޔޫސް ޕްލާސްޓިކް ބޭޭނުން ކުރުން މުޅިން ހުއްޓާލުމަށް ނިންމާފައި ވަނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.  މިގޮތުން 13 ބާވަތެއް ކަނޑައަޅައި އޭގެ ތެރެއިން 12 ބާވަތަކާއި ގުޅޭ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައި ކަމުގައިވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. 

އަދި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުމަކީ ނުވަތަ ހުއްޓުވުމަކީ މިމަސައްކަތުގައި އޮތް އެންމެ ގޮންޖެހުން ބޮޑު ކަންތައް ކަމުގައި މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ.

އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.