Advertisement

މާރިޔާ ބްރަންޔާސް ---

22 Aug 2024
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

އުމުރުން 117 އަހަރުގައި ދުނިޔޭގެ އެންމެ މުސްކުޅި މީހާ މަރުވެއްޖެ

ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާގެ ގޮތުގައި ޖިނަސް ވޯލްޑް ރެކޯޑްސް އިން މިދިޔަ އަހަރުގެ ޖެނުއަރީގައި ކަނޑައެޅި، މަރިޔާ ބްރަންޔާސް އުމުރުން 117 އަހަރުގައި މަރުވެއްޖެއެވެ. އޭނާ މަރުވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މަރުވި އިރު ބްރަންޔާސް ދިރިއުޅެމުން ދިޔައީ ސްޕެއިންގެ ނާރސިން ހޯމްއެއްގައެވެ. އެ ނާރސީން ހޯމްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ، ބްރަންޔާސް މަރުވެފައިވަނީ ނިދާފައި އޮއްވާ ކަމަށެވެ.

ބްރަންޔާސް އުފަންވެފައިވަނީ 1907 ވަނަ އަހަރުގެ މާރޗު 4 ވަނަ ދުވަހު ކެލިފޯނިއާފެ ފްރާންސިސްކޯއަށެވެ. އަދި އުމުރުން 7 އަހަރުގައި އާއިލާއާ އެކު ސްޕެއިންގެ ކެޓަލޯނިއާއަށް ބަދަލުވި ގޮތަށް، މުޅި ހަޔާތް އެއްކޮށް ހޭދަކުރީ އެ ގައުމުގައެވެ.

ބްރަންޔާސް ވަނީ ދުނިޔޭގައި ހިނގާދިޔަ ބޮޑެތި ހާދިސާތަކާއި ކާރިސާތަކުގައި ދުވަސްތައް ހޭދަކޮށްފައެވެ. އެގޮތުން 1918 ގެ ސްޕެނިޝް ފްލޫ އާއި ސްޕެއިންގައި 1936-1939 އަށް ހިނގާދިޔަ ދާހިލީ ހަނގުރާމަ އާއި ވަރލްޑް ވޯރ 1 އަދި 2 އާއި ކޮވިޑް-19 ޕެންޑަމިކް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.