Advertisement

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ -- ފޮޓޯ ރައްޔިތުންގެ މަޖިލިސް

25 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

އީޕީއޭ މިނިވަންކަމާއި އެކު ހިންގުމަށް އެތަނަށް އިތުރު ވަޞީލަތްތަކާއި ޓެކްނިކަލް އެހީތެރިކަން ބޭނުންވޭ: މިނިސްޓަރ ޝައުނާ

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) މިނިވަންކަމާއި އެކު ހިންގާ ތަނަކަށް ހެދުމަށްޓަކައި އެތަނަށް އިތުރު ވަޞީލަތްތަކާއި ޓެކްނިކަލް އެހީ ބޭނުންވާ ކަމިގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހީމް ވަހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ވަޙީދު ސުވާލު ކުރައްވާފައި ވަނީ، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ މިނިވަން މުސްތިޤިއްލު ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މިސަރުކާރު އައިރު އީޕީއޭއަށް އެވްރެޖްގޮތެއްގައި ލިބެމުން އައީ 9.7 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި މިސަރުކާރުން ވަނީ އީޕީއޭގެ ބަޖެޓް މިހާރު 15.3 މިލިއަން ރުފިޔާއަށް އިތުރުކޮށްދީފައި ކަމުގައި މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން އީޕީއޭގެ ނިންމުންތަކަކީ ސައިންޓިވިކް ނޮލެޖަށް އަދި ސައިންޓިފިކް ބޭސިސްއަށް ބިނާކޮށް ނިންމާ ނިންމުމަކަށް ހެދުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމުގައިވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"މިއަހަރުގެ ތެރޭގައި އީޕީއަށް ރިސަރޗް ވެސެލްއެއް ދެވޭނެ. އަދި އެއާއެކީގައި، އެރިސަރޗް ވެސެލް ހިންގުމަށް ބޭނުންވާ ކްރޫ އާއި ޓެކްނިކަލް ސްޓާފުންވެސް އީޕީއޭއަށް ފޯރުކޮށްދެވޭނެ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާގެ ވާހަކަފުޅުގައި ވަނީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީތައް އުފައްދާފައިވާ ގޮތާއި އެތަންތާނގެ ދައުރާއި ހައިސިއްޔަތާއި ބާރުވެރިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްޞާ ކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ދައުރުގައި އީޕީއޭގެ މެންޑޭޓް ހަނިކުރައްވައި، އެތަނުގެ ބައެއް މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރެވިގެން ދިޔަކަންވެސް މިނިސްޓަރ ފާހަގަ ކުރައްވާފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.