Advertisement

12 Aug 2024
ޕެރިސް އޮލިމްޕިކްސް 2024
މިފްތާޙް މުޙައްމަދު

އޮލިމްޕިކްސްގެ ދިގު ތިން ދުވުމުން މެޑަލް ހޯދި ފުރަތަމަ އަންހެނަކަށް ސިފާން ހަސަން

ޕެރިހުގައި ކުރިޔަށް ދިޔަ އޮލިމްޕިކްސްގެ އެންމެ ފަހު ގޭމުން ރަން މެޑަލް ހޯދައި، އޮލިމްޕިކްސްގެ އެއް މުބާރާތެއްގައި ތިން ދިގު ދުވުމުން މެޑަލް ހޯދި ފުރަތަމަ އަންހެން އެތުލީޓުގެ މަގާމު، އިތިއޯޕިއާންއިން ރެފިއުޖީއެއްގެ ގޮތުގައި ނެދަލޭންޑްސްއަށް ބަދަލުވެ، އެގައުމުގެ ރަށްވެހިކަން ހޯދާފައިވާ ސިފާން ހަސަން ހާސިލްކޮށްފިއެވެ. އޭނާވަނީ މެރަތަން އިން ރަން މެޑަލް ހޯދާ، 10 ކިލޯމީޓަރު ދުވުމާއި 5 ކިލޯމީޓަރު ދުވުމުން ލޯ މެޑަލް ހޯދާފައެވެ.

އާދީއްދަ ދުވަހު އޮތް އަންހެނުންގެ މެރަތަން ސިފާން ކާމިޔާބު ކޮށްފައިވަނީ ވެސް އޮލިމްޕިކްސް ރެކޯޑަކާއެކުއެވެ. އެއީ މެރަތަންގައި ދުނިޔެ ދުށް އެންމެ ބާރު ދެ އަންހެން ދުވުންތެރިންގެ މެދުގައި ހިނގި ފޯރިގަދަ ކުރިމަތިލުމަކަށްފަހުއެވެ.

މެރަތަން ދުވުމުން ދުނިޔޭގެ ރެކޯޑު އޮންނަ، އިތިއޯޕިއާގެ ޓިގިސްޓް އަސެފާ ފަހަތަށް ޖައްސާލުމަށްފަހު ސިފާން ރަން މެޑަލް ހޯދީ، ސްޕްރިންޓެއްގައި ގޮސް 2:22:55 އިން ރޭސް ނިންމައިގެންނެވެ. އަދި ދުނިޔޭގެ މެރަތަން ރެކޯޑު ފޮތުގައި ސިފާންގެ ކުރިޔަށް އިންނަ އަސެފާއަށް ރޭސް ނިންމުނީ އޭގެ 3 ސިކުންތު ފަހުން، 2:22:58 އިންނެވެ. މި ރޭހުން ލޯ މެޑަލް ހޯދީ 2:23:10 އިން ރޭސް ނިންމައިގެން ކެންޔާގެ ހެލެން އޮބިރީއެވެ.

ސިފާން މި ފަހަރުގެ ގޭމްސްގައި ހޯދި 3 މެޑަލްއަކީ ގިނަ ބަޔަކަށް ގަބޫލު ކުރެވޭނެ ކާމިޔާބެއް ނޫނެވެ. އޭނާ މެރަތަން އިން ރަން މެޑަލް މި ހޯދީ، 10 ކިލޯ މީޓަރު ރޭސް ނިންމިތާ 37 ގަޑި އިރު ފަހުންނެވެ. އަދި މެރަތަން ރޭހާ، އޭނާގެ 5 ކިލޯމީޓަރުގެ ދުވުމާ ދޭތެރޭގައި ހޭދަވީ 6 ދުވަހެވެ.

މި ކާމިޔާބާއެކީ ސިފާން މިވަނީ އޮލިމްޕިކްސްގައި ޖުމްލަ 6 މެޑަލް ހޯދާފައެވެ. އޭނާވަނީ ޓޯކްޔޯ އޮލިމްޕިކްސްގައި 10 ކިލޯމީޓަރު ދުވުމާއި 5 ކިލޯ މީޓަރު ދުވުމުން ރަން މެޑަލް ހޯދާ، ހަމަ އެ ގޭމްސްގައި 1500 މީޓަރު ދުވުމުން ލޯ މެޑަލް ހޯދާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.