Advertisement

10 Aug 2024
ޕެރިސް އޮލިމްޕިކްސް 2024

ފްރާންސް ބަލިކޮށް ސްޕެއިނުން ރަން މެޑަލް ހޯދައިފި

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިޔަށްދާ އޮލިމްޕިކްސްގެ ފިރިހެން ފުޓުބޯޅައިގެ ފައިނަލުގައި ފްރާންސް ބަލިކޮށް ސްޕެއިނުން ރަން މެޑަލް ކާމިޔާބުކޮށްފިއެވެ.

ފްރާންސުން ސްޕެއިންގެ މައްޗަށް ކުރި ހޯދީ 5-3 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 3-3 އިން ނަތީޖާ ހަމަހަމަވެފައި އޮތުމުން، ސްޕެއިން ކޮޅަށް މެޗު އަނބުރާލީ އިތުރު ވަގުތުގެ ދެ ހާފުގައެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ފްރާންސެވެ. ނަމަވެސް މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމުން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް، ސްޕެއިނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން، ފަހަތުން އަރާ 3 ގޯލުޖަހާފައެވެ.

ހިތްވަރު އެލުވާނުލައި ފްރާންސުން ކުރި މަސައްކަތުން، އެ ޓީމަށް ދެވަނަ ހާފުގައި ދެ ގޯލު ކާމިޔާބު ކުރެވުނެވެ. ފްރާންސުން އެއްވަރު ކުރި ގޯލަކީ މެޗުގެ އިތުރު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.

އިތުރު ވަގުތުގައި ސްޕެއިނުން އެމީހުންގެ ކޮޅަށް ނަތީޖާ އަނބުރާލީ ކޮންމެ ހާފެއްގައި ގޯލެއް ޖަހާ، 5-3 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ސްޕެއިނުން އެންމެ ފަހުން ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްގެ ފައިނަލުގައި ވަނީ، އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން، ބްރެޒިލް އަތުން ބަލިވެފައެވެ. ނަމަވެސް މި ފަހަރު ސްޕެއިނުން މިވަނީ ފްރާންސް ބަލިކޮށް، 1992 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދައިފައެވެ.

ތިން ވަނަ ހޮވަން ކުޅުނު މެޗުގައި، މޮރޮކޯ އިން ވަނީ މިސްރުގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފަ އެވެ. އެ ގޮތުން މިސްރު އަތުން މޮޮރޮކޯ މޮޅުވީ، 6-0 އިންނެވެ. މިއީ، މި ފަހަރުގެ މުބާރާތުގެ އެންމެ ތަފާތު ބޮޑު މޮޅެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.