Advertisement

11 Aug 2024
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

ފުރަތަމަ ނަޒަރުން ހިތް ކަތިލުމަށް، ލޮލަކީ ހަންޖަރެއް ހެއްޔެވެ؟

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ފުރަތަމަ ފެނިލުމުން ވެސް މީހަކު ދެކެ ލޯބި ވެވިދާނެކަމަށް ގަބޫލުކުރާ މީހުންނެވެ. ޕާޓީތަކުންނާއި، މީހުން އެއްވެ އުޅޭ ހަފްލާތަކަށް ފަރި ހެދިލައިގެން ގޮސް ތިބޭ އިރު، އެ މެހެފިލްތަކުން އެތައް ކުދިންނެއްގެ ހިތްތައް ކަތިލައެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން ހިމެނޭ ހެންނެވެ. އަދި ހީކުރެވެނީ، އެ ވެވުނީ ލޯބި ކަމަށެވެ.

ނަމަވެސް، ހަގީގަތުގައި ކަން ހިނގަނީ އެހެން ބާއެވެ؟ ފުރަތަމަ ބަލާލުމުން މީހަކު ދެކެ ލޯބި ވެވިދާނެ ބާއެވެ؟ ނޫނެކެވެ. އެ ލޯބި ވެވެނީ އެ އަންހެން ކުއްޖާގެ ނުވަތަ ފިރިހެން ކުއްޖާގެ ބުރުސޫރަ ދެކެއެވެ. އަހަރެމެން އެންމެން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ލޯތްބަކީ ހަމައެކަނި އިހުސާސްތަކެއްގެ މައްޗަށް ބިނާވާ އެއްޗެއް ނޫންކަމެވެ. ނަމަވެސް ލޯބީގެ ބޮޑުބައެއް، ކުލުނާއި އަޅާލުން ވެސް ހިއްސާ ކުރާނެއެވެ.

އެހެންކަމުން، ލޯތްބަކީ އެހާ އަވަހަށް ވެވޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރާށެވެ. އިހުސާސްތައް އޮޅުވާ ނުލާށެވެ. އެ އިހުސާސްތަކަށް ސަމާލުވެ ރަގަޅަށް ވިސްނާށެވެ. ލޯތްބަކީ ކަނު އެއްޗެއް ނޫނެވެ. ލޯތްބަކީ ކަނުއެއްޗެއް ކަމަށް ހަދައިފިނަމަ، އެއީ ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައް ގިނަ ހައިވޭ އެއްގައި ލޯ މަރައިގެން ތިމާ ދުއްވަން އިނުންހާ ނުރައްކާތެރި ކަމެކެވެ.

މިކަމަށް އަދިވެސް ތަންކޮޅެއް ފުން ނަޒަރަކުން ބަލާލަމާ ހިނގާށެވެ. ކަމުދާ ކުއްޖަކު ފެނުމުން، އަހަރެމެން ފުރަތަމަ ބަލަނީ އެ ކުއްޖާއާ ވާހަކަ ދައްކާލެވޭނެ ގޮތެއް ހޯދޭތޯއެވެ. މި ޒަމާނުގައި ނަމަ، ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ހޯދާ، ގޮވާ ހަދައެވެ. އަދި މިހެން ގޮސް އުފެދޭ ގުޅުމެއްގެ ސަބަބުން، ދެމީހުންގެ ގިނަ ވާހަކަތަކެއް އެކަކު އަނެކަކާ ހިއްސާ ކުރަން ފަށައެވެ. ދިރިއުޅުމުގައި ދެކޭ ހުވަފެންތަކާއި، ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރާނެ ގޮތާއި އަދި މީހަކާ ކައިވެނިކޮށްގެން ގެއެއް އާރާސްތު ކުރާނެ ގޮތާއި އަދި މިނޫން ވެސް ބައިވަރު ވާހަކަތަކެވެ.

ދެން ވަކި ހިސާބަކުން، ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމަށް ނަމެއް ދޭން ބޭނުންވެއެވެ. ދެމީހުން އެކަކު އަނެކަކަށް ވަރަށް ރަގަޅަށް އެނގިއްޖެކަމަށް ހީކޮށެވެ. ނަމަވެސް އަދި ރަގަޅަށް ވިސްނާލާށެވެ. އެހާ އަވަހަކަށް މީހަކު ދިރިއުޅުމަށް ދެކެމުން އަންނަ ހުވަފެންތަކެއް ނޭންގޭނެއެވެ. އެނގޭނީ އެމީހަކު ކަންކަން ރާވާ ގޮތެވެ. އެހާއަވަހަކަށް މީހެއްގެ ހިތެއް ނޭންގޭނެއެވެ. އެނގޭނީ އެމީހެއްގެ ވިސްނުން ހުންނަ ގޮތެވެ. އެހާއަވަހަކަށް މީހެއްގެ މާޒީއެއް ނޭންގޭނެއެވެ. އެނގޭނީ މާޒީގެ ބައިތަކެވެ. އެމީހަކު ކިޔައިދިން އެއްޗެކެވެ.

އެހެންކަމުން ލޯތްބަކީ އެހާ އަވަހަށް ވެވޭނެ އެއްޗެއް ނޫނެވެ. ލޯތްބަކީ އެހާ އަވަހަށް ވެވޭ އެއްޗެއް ކަމަށް ގަބޫލުކޮށްފިނަމަ، ދިރިއުޅުން ގިނަ ފަހަރު ވާނީ ކުޅޭ ކުޅިވަރަކަށެވެ. ހިތްހަމަނުޖެހުންތަކާ، ދެރަޔާ އަދި ދިރިއުޅުމުގެ ދަތުރުގައި އޭރުން ގިނަ ފަހަރަށް ދިމާވާނީ އުނދަގޫ ދުވަސްތަކާއެވެ.

މި ޒަމާނަށް ބަލާ އިރު، މި ކަމުގައި ހާއްސަކޮށް އަންހެން ކުދިން ސަމާލުވާން ޖެހޭ އެހެންކަމެއް ވެސް އެބައޮތެވެ. ހަފްތާއެއް ވަންދެން ސޯޝަލް މީޑިއާ އިން ފިރިހެން ކުއްޖަކާ ވާހަކަ ދެއްކުމަށްފަހު، އެމީހަކާ ބައްދަލުކޮށް، އަދި އޭގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަހެރިކޮށް ބައްދަލުކުރަން އެދުމުން އެކަމަށް އިޖާބަދީފިނަމަ، ތިމާގެ ހަށިގަނޑަކީ އޭނާ ވިޔަފާރި ކުރުމަށް ބޭނުންކުރާ މުދަލަކަށް ވެސް ހަދާފާނެއެވެ.

މި މުޖުތަމައުގައި އެފަދަ ކަންކަން މިހާރު ހިނގައެވެ. ވާނުވާ އެނގޭއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. އޭރަށް އޮންނަނީ، ނުކިއްސަރު މަޅިއެއްގައި ބަނދެވި، ދުނިޔޭގެ ލަނދުވެތިކަމާއި ޖިސްމާނީ އަނިޔާވެރިކަމުގެ ތެރެއިން ކޮންމެވެސް އެއްކަމެއް ގަބޫލުކުރަންޖެހޭ ހިސާބަށް ކަންކަން ގޮސްފައެވެ.

އެހެންކަމުން، މީހަކާ ލޯބީގެ ގޮތުން ގުޅި، ތިމާގެ ހުރިހާ އިތުބާރެއް އެމީހެއްގެ މައްޗަށް ރެޖިސްޓަރ ކުރުމުގެ ކުރިން، އެއީ ކާކުތޯ ރަގަޅަށް ބަލާށެވެ. މި ކަމުގައި ކެތްތެރިވާން ޖެހޭނެއެވެ. މިކަމަށް ގިނަ ދުވަސް ވެސް ނަގާފާނެއެވެ. ލޯބިވާންވާނީ ކެތްތެރިކަމުގެ ތެރެއިން ދަސްކުރާ ފިލާވަޅުތަކާ ވެސް އެކުގައެވެ.

* * *

ނޯޓް: މި ލިޔުމުގެ މަސްދަރަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ޕޮޑްކާސްޓަރ، ޖޭ ޝެޓީގެ "އޮން ޕާރޕަސް" ޕޮޑްކާސްޓުގެ އެޕިސޯޑަކުން ބައެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.