Advertisement

މެޑަލް ހޮދުމަށްފަހު އަރުޝަދު އުފާފާޅުކުރަނީ، ފޮޓޯ: އޭއެފްޕީ

09 Aug 2024
ޕެރިސް އޮލިމްޕިކްސް 2024
މިފްތާޙް މުޙައްމަދު

އޮލިމްޕިކްސްގެ ރެކޯޑަކާއި އެކު ޕާކިސްތާނުގެ އަރުޝަދު އެ ގައުމަށް ފުރަތަމަ އިންޑިވިޖުއަލް ރަން މެޑަލް ހޯދައިދީފި

ޕާކިސްތާނުގެ އަރުޝަދު ނަދީމް، 32 އަހަރަށްފަހު އެ ގައުމަށް ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގައި ރަން މެޑަލް ހޯދައިދީފިއެވެ. އަދި މިއީ ޕާކިސްތާނަށް އޮލިމްޕިކްސް ގައި ލިބުނު ފުރަތަމަ އިންޑިވިޖުއަލް މެޑަލް ވެސް މެއެވެ.

ފިރިހެނުންގެ ޖެވެލިން ތުރޯ އިން އަރުޝަދު އެއްވަނަ ހޯދީ، މި ގޭމުގައި ޓޯކްޔޯ 2020 ގައި ރަން މެޑަލް ހޯދި އިންޑިއާގެ ނީރަޖް ޗޯޕްރާ ފަހަތަށް ޖައްސާލުމަށް ފަހުއެވެ.

އުމުރުން 27 އަހަރުގެ އަރުޝަދަށް މިއީ އެއް ގޮތަށް ވުރެން ގިނަ ގޮތް ގޮތުން ހާއްސަ މެޑަލް އެކެވެ. ފުރަތަމަ ކަމަކަށް، އޭނާ ޖުވެލިން އެއްލި ދުރުމިނެވެ. އޭނާ ވަނީ 92.97 މީޓަރަށް ޖުވެލިން އެއްލާ، އޮލިމްޕިކްސްގެ ރެކޯޑެއް ހަދާފައެވެ. އަދި މިއީ ޕާކިސްތާނުގެ ފުރަތަމަ އިންޑިވިޖުއަލް ރަން މެޑަލްގެ އިތުރުން، މީގެ 32 އަހަރު ކުރިން، 1984 ގައި އެ ގައުމުގެ ހޮކީ ޓީމުން ރަން މެޑަލް ހޯދިފަހުން ލިބުނު ފުރަތަމަ ރަން މެޑަލް ވެސް މެއެވެ.

މި ކާމިޔާބީގެ އިތުރުން، ޖުވެލިން ތުރޯ އިން ނަދީމް ވަނީ 2022 ވަނަ އަހަރު އޮތް ކޮމޮންވެލްޓު ގޭމްސްގައި ރަން މެޑަލް ހޯދާ، އަދި އެ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ރިހި މެޑަލްވެސް  ހޯދާފައެވެ.

ނަދީމްގެ މި ކާމިޔާބާ ގުޅިގެން ކަރާޗީގެ މަގުތަކަށް މީހުން ނިކުމެ ދަނީ އުފާފާޅު ކުރަމުންނެވެ.

އަދި މި ކާމިޔާބާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން އަރުޝަދަށް 179،264 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭން ނިންމާފައިވާކަމަށް ވެސް ވަނީ އިއުލާނުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.