Advertisement

25 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

މިއަދު މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކަމަކަށް އޮތީ މެމްބަރު ޖާބިރުގެ ނަން އިއްވައި ތަޅުމުން ބޭރުކުރުން

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިގެން ކުރިޔަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދާު ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު ހުރަސް އެޅުއްވުމުން އޭނާގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރަށް ލައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާ ފެއްޓެވިކަން އިޢުލާނު ކުރެއްވުމާއި އެކު މެމްބަރު ޖާބިރު ވަނީ، ރިޔާސަތުގެ މޭޒު ކައިރިއަށް ގޮސް، ރިޔާސަތަށް އަދި ރައީސް ނަޝީދަށް އެއްޗެހިކިޔުއްވާފައެވެ.

ޖާބިރު ކޯފާވެގެން އުޅުއްވީ ކޮންކަމަކާ ކަމެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް އެހެން ދުވަސް ދުވަހާއި ޚިލާފަށް ޖާބިރު ހުންނެވީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާފައެވެ. އާއްމު ގޮތެއްގައިވެސް މެމްބަރު ޖާބިރަކީ މިހާރު މަޖިލީހުގެ އިދާރީ ނިޒާމަށް ހުރަސް އަޅުއްވައި ވާހަކަފުޅު ދައްކަވައެވެ. މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދު މެމްބަރު ޖާބިރުގެ ނަން އިއްވުމަށްފަހު، ތަޅުމުން ބޭރަށް ނުކުންނެވުމަށް އަންގަވާފައެވެ. އަދި އެމަނިކުފާނު ނުކުންނަވަންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މަޖިލީހުގެ ޖަލްސާ މެދު ކަނޑުއްވާލައްވާފައެވެ. އަލުން ޖަލްސާ ފެއްޓެވީ ޖާބިރު މަޖިލީހުގެ ތަޅުމުން ނެރުއްވުމަށް ފަހުގައެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތީ، ރައްޔިތުންގެ މަޖިލީހު އުނގޫފާރުދާއިރާގެ މެމްބަރު އިބްރާހީމް ވަހީދު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އާއި ސުވާލު ކުރެއްވުމާއި، ބައެއް ޤަރާރުތަކުގެ މަސައްކަތްތަކާއި، ކޮމިޓީ ރިޕޯޓްތަކަށް ބަހުސް ކުރެއްވުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.