Advertisement

04 Aug 2024
ޕެރިސް އޮލިމްޕިކްސް 2024
މިފްތާޙް މުޙައްމަދު

އޮލިމްޕިކްސްގައި އަންހެނަކާ ބޮކްސިން ތެޅީ ހަމަ އަސްލުގައިވެސް ފިރިހެނެއްތަ؟

ޕެރިސް އޮލިމްޕިކްސްގެ އަންހެން ބޮކްސިން މެޗެއްގައި ފިރިހެނަކު ވާދަކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ތިބީ ނޭންގުމެއްގެ ތެރޭގައެވެ. ޖިންސު އޮޅުވާލައިގެން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި މީހަކަށް ވާދަ ކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫންތާއެވެ.

މި މައްސަލަ ފެންމަތިވީ، އަލްޖީރިއާގެ އަންހެން ބޮކްސިން ތެޅުންތެރިޔާ އިމޭން ޚެލިފް އާއި އިޓަލީގެ ބޮކްސިން ތެޅުންތެރިޔާ އެންޖެލީނާ ކެރީނީ ބައްދަލު ކުރި މެޗަށް ފަހުއެވެ. ކެރީނީގެ ނޭފަތަށް އަމާޒުވި ބާރުގަދަ "ޕަންޗް" އަކާ ގުޅިގެން އޭނާ ވަނީ 46 ސިކުންތުގެ ތެރޭގައި މެޗު ދޫކޮށްލާފައެވެ. އެހެންކަމުން މި މެޗު ލިބުނީ 25 އަހަރުގެ ޚެލިފް އަށެވެ.

ކެރީނީ މެޗުގައި ކުރިޔަށް ނުދިއުމަށް ނިންމުމުން، އެ މެޗު ލިފައި ވަނީ ޚެލިފްއަށް

މިދިޔަ އަހަރު އިންޑިއާގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕުގައި ޖިންސު ކަށަވަރުކުރަން ހެދި ޓެސްޓަކުން ފެއިލްވެ،  ޚެލިފް ވަނީ އެ މުބާރާތުން ޑިސްކޮލިފައި ކޮށްފައެވެ. އެއީ އިންޓަނޭޝަނަލް ބޮކްސިން އެސޯސިއޭޝަން (އައިބީއޭ) ގެ ނިންމުމެކެވެ. ނަމަވެސް އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމެޓީ (އައިއޯސީ) އިން ނިންމީ އޭނާއަށް އޮލިމްޕިކްސްގައި އަންހެނެއްގެ ގޮތުގައި ވާދަކުރެވޭނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އައިއޯސީގެ ތަރުޖަމާނު، މާކް އެޑަމްސް ބުނެފައިވަނީ، ޚެލިފް އުފަންވީ އަންހެނެއްގެ ގޮތުގައި ކަމަށާއި އަދި އޭނާ ރެޖިސްޓަރ ކޮށްފައިވަނީ ވެސް އަންހެނެއްގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުން ދިރިއުޅެމުން އައީ ވެސް އަންހެނެއްގެ ގޮތުގައި ކަމަށާއި، ބޮކްސިން ކެރިއަރ ފަށާފައިވަނީ ވެސް އަންހެނެއްގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން ޚެލިފް އަކީ ޖިންސު ބަދަލުކޮށްގެން އުޅޭ މީހެއް ނޫންކަމަށް އެޑަމްސް ބުނެފައިވެއެވެ. އަދި އޮލިމްޕިކްސްގައި އަންހެނަކާ ފިރިހެނަކު ބޮކްސިން ތެޅިކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ. އެޑަމްސް މިހެން ބުނި އިރު އައޯސީއަކީ ޖިންސު ކަށަވަރު ކުރުމުގެ ގޮތުން އައިބީއޭ އިން ހަދާފަދަ ޓެސްޓުތަކެއް ހަދާބައެއް ނޫނެވެ.

މި މައްސަލައަށްފަހު، އިޓަލީގެ ޕްރައިމް މިނިސްޓަރ ޖޯޖިއާ މެލޯނީ ވަނީ ޚެލިފްއާ ދެކޮޅަށް ނިކުތް އެ ގައުމުގެ ކެރީނީއާ ބައްދަލުކޮށްފައެވެ. ކެރީނީއާ ބައްދަލު ކުރުމަށްފަހު މިނިސްޓަރ މެލޯނީ މީޑިއާތަކާ ވާހަކަ ދައްކަމުން ބުނީ، ފިރިހެން ޖެނެޓިކްސް ހުންނަ އެތުލީޓުންނަށް އަންހެނުންގެ ކުޅިވަރުތަކުގައި ވާދަކުރެވިގެން ނުވާނެ ކަމަށެވެ. އަދި އެއީ އަންހެނުންގެ ތެރޭގައި ތަފާތު ކުރުން ނޫންކަމަށާއި، އެއީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަލްޖީރިއާގެ އޮލިމްޕިކްސް ކޮމެޓީއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ،  ޚެލިފްއަށް އަމާޒުކޮށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، އެ ކޮމެޓީއިން އެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

ޓައިވާންގެ ލިން-ޔޫ ޓިން ވެސް ވަނީ 2023 ވަނަ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕުން، އޭނާއަކީ އަންހެނެއްކަން ކަށަވަރު ނުކުރެވިގެން ޑިސްކޮލިފައި ކޮށްފައެވެ. ނަމަވެސް އޮލިމްޕިކްސްގައި އަންހެނެއްގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ވެސް ލިބިފައިވެއެވެ. އަދި ހުކުރު ދުވަހު އޮތް ބޮކްސިން މެޗުގައި އުޒްބެކިސްތާނުގެ ބޮކްސިން ތެޅުންތެރިޔާ އާ ދެކޮޅަށް ނިކުތް މެޗު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

މިފަދަ މައްސަލަތައް ކުރިމަތިވާތީ، ވޯލްޑް އަކުއާޓިކްސް، ވޯލްޑް އެތުލެޓިކްސް އަދި އިންޓަނޭޝަނަލް ސައިކްލިންގ ޔޫނިއަން އިން ވަނީ އެ އެސޯސިއޭޝަން ތަކުގެ ގަވާއިދަށް ބަދަލު ގެނަސްފައެވެ. އެ އެސޯސިއޭސަންތަކުގެ ގަވާއިދު ބުނާ ގޮތުން، ބާލިގުވުމާ ހަމައަށް ފިރިހެނެއްގެ ގޮތުގައި ހުރި މީހަކަށް އަންހެނުންގެ މުބާރާތެއްގައެއް ވާދައެއް ނުކުރެވޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.