Advertisement

ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ތަށި ހަވާލުކުރަނީ، ފޮޓޯ: މޯލްޑިވްސް ކްރިކެޓް

04 Aug 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އަންނަ އަހަރު ކްރިކެޓް ސްޓޭޑިއަމެއް ތަރައްގީ ކުރަނީ

ކްރިކެޓުން ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރެވޭނެ ފެނަވަރުގެ ޓީމެއް އެކުލަވާލުމުގެ އަމާޒުގައި، ފެންވަރު ރަގަޅު ކްރިކެޓް ސްޓޭޑިއަމެއް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް، ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ރާފިއު މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ނިމުނު ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި، އޭޝިއާ ބައްރަކީ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން އުފެދިފައިވާ ސަރަހައްދެއް ކަމަށާއި، އެހެންކަމުން ފެންވަރު ރަގަޅު ވަސީލަތްތަކާއެކު ރާއްޖެއިން ވެސް އެފަދަ ހުނަރުތައް ކުރިޔަށް އޮތްތާ ފެނުމަކީ އެކަށީގެންވާކަމެއް ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތެވެ.

ސަރުކާރުގެ ވިސްނުން ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކްރިކެޓް ސްޓޭޑިއަމް ތަރައްގީ ކުރާނީ އެކުވެނީގައި ކަމަށެވެ. ނަމަވެސް އޭރުން ދުވާ ޓްރެކަށް އަންނާނެ ބަދަލެއް މިނިސްޓަރ ފާހަގަ ކުރައްވާފައެއް ނުވެއެވެ.

"މިހާރު އޮތް އެންމެ ދަތިކަމަކީ ކްރިކެޓް ކުޅޭނެ ވަކިން ހާއްސަ ތަނެއް މާލެ ސަރަހައްދުގައި ނެތުން. އަޅުގަނޑުމެން ގަބޫލު މިކުރަނީ ވީހާވެސް ގިނައިން ޕްރެކްޓިސް ކުރުން. އެހެން ކަމުން ސަރުކާރުގެ ވިސްނުމަކީ، މި ގްރައުންޑް (އެކުވެނި) ކްރިކެޓް ގްރައުންޑް އެއްގެ ގޮތައް އެ ސައިޒަށް ފައްތައިގެން، ކްރިކެޓް ކުޅޭނެ ގޮތައް އިންތިޒާމުކޮށްގެން، ކުޅެވޭނެ އިންތިޒާމު މި ތަނުގައި ސްޓޭޑިއަމް އެއް އަޅައިގެން ކުރިއަށް ގެންދެވުމަށް"

ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ރާފިއު ވިދާޅުވިއެވެ.

ރާއްޖޭގެ ކްރިކެޓު ކުރިއެރުވުމުގެ މަޝްވަރާ އަވަށްޓެރި ގައުމުތަކާ ވެސް ކޮށްފައިވާ ކަމަށާއި، މިކަމަށް ސްރީލަންކާ އިން އެއްބާރުލުން ދެއްވާނެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވެވިއެވެ.

މިދިޔަ ސަރުކާރުގައި ވެސް ރާއްޖޭގައި ކުރިކެޓު ސްޓޭޑިއަމެއް އެޅުމުގެ ވާހަކަތައް ދެކެވުނެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް އޭރު ފެށޭ ގޮތް ވަނީ ނުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.