Advertisement

މުޙައްމަދު އާން ހުސެއިން، އައިއޯއައިޖީ 2019 / ފޮޓޯ: މުޙައްމަދު ޝަރުހާން

02 Aug 2024
ޕެރިސް އޮލިމްޕިކްސް 2024
މިފްތާޙް މުޙައްމަދު

އޮލިމްޕިކްސްގައި 50 މީޓަރ ފްރީސްޓައިލް އިވެންޓުން ރާއްޖޭގެ ފެތުމުގެ ރެކޯޑު އައުކޮށްފި

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިޔަސްދާ އޮލިމްޕިކްސް ގޭމްސްގައި ފިރިހެނުންގެ 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު، މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ. އުމުރުން 19 އަހަރުގެ އާން މި ރެކޯޑު އާކޮށްފައިވަނީ 00:24.22 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި ޓައިމިންގ އާއެކު އޭނާވަނީ ވާދަކުރި ހީޓުގެ ތިންވަނަ ވެސް ހޯދާފައެވެ. ޖުމްލަ 8 އެތުލީޓުން ހިމެނޭ މި ހީޓުގެ އެއް ވަނަ ހޯދީ ސްވިޒަލޭންޑުގެ ތިއަރީ ބޮލިންއެވެ. އަދި ދެވަނަ ހޯދީ ބުރުނޑީގެ ބެލީ-ކްރެސަސް ގަނީރާއެވެ. ބޮލިން 22.95 ސިކުންތުން ރޭސް ނިންމި އިރު ގަނީރާ ރޭސް ނިންމީ 23.80 ސިކުންތުންނެވެ.

50  މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް ކުރިން ވެސް އޮތީ އާންގެ އަތުގައެވެ. އެއީ މި އަހަރުގެ މެއި މަހު މެލޭޝިއާގައި ކުރިއަށްދިޔަ މުބާރާތުގައި 24.28 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އޮލިމްޕިކްސްގައި ރާއްޖޭން ދެން ވާދަކުރާ އެތުލީޓަކީ، އައިޝަތު އުލްޔާ ޝާއިގު އެވެ. އުލްޔާގެ އިވެންޓް އޮތީ މިއަދުއެވެ. އޭނާ ވާދަކުރަން ހަމަޖެހިފައިވަނީ އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.