Advertisement

ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ ފައިސާގެ ނޫޓު ---

01 Aug 2024
ލައިފްސްޓައިލް

ފައިސާ: އެއް ނޫޓެއް! އެކަމަކު އެތައް ނަމެއް!

މިއަދުގެ ދުނިޔޭއިން އިންސާނުންގެ ދިރިއުޅުމަށް އެންމެ މުހިއްމު އެއްޗަކީ ފައިސާއެވެ. ފައިސާ އާއި ނުލައި އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. އަދި މުއްސަނދިންނާއި ފަޤީރުންވެސް އެ އެއްޗަކަށް އެންމެ ބޮޑަށް ބޭނުން ޖެހޭ އެއްޗަކީ ފައިސާއެވެ.

ފައިސާގެ ވަޒީފާ އާއި ދައުރުގެ ސަބަބުން އެއަށް ލިބޭ ނަންތައް ތަފާތުވެއެވެ. އެހެން ނަމަވެސް ހުރިހާ މާހައުލެއްގައި ހުރިހާ ތަނެއްގައި ފައިސާގެ ނޫޓަށް ބަދަލެއް ނަޔަސް އެއަށް ކިޔޭ ނަންތައް ތަފާތެވެ.

މިސާލަކަށް، ވަކި ކަމަކަށް މީހެއް ނުވަތަ ބައެއްގެ އަތުން އެއްކުރަވޭ ފައިސާއަށް ދެވެނީ، ޚައިރާތާއި ޗަންދާގެ ނަމެވެ. ބައެއް މީހުން އެއަށް އެހީއޭވެސް ކިޔައި ފާނެއެވެ.

ކައިވެނިވާ ހިނދު އަނބިމީހާއަށް ފިރިމީހާ ދޭ ފައިސާއަށް ކިޔޭ ނަމަކީ ރަނެވެ. ވަރިވުމުން ފިރިމީހާ އަނބި މީހާއަށް ދޭ ފައިސާއަށް ކިޔޭ ނަމަކީ ޚަރަދެވެ. 

މީހެއްގެ އަތުން އަނބުރާ ދޭ ގޮތަށް ހޯދާ ފައިސާގެ ނަމަކީ ދަރަންޏެވެ. ސަރުކާރަށް ރައްޔިތުންދޭ ފައިސާއަށް ދެވޭ ނަމަކީ، ވާރު ނުވަތަ ޓެކުހެވެ. އަދި މަހުން މަހަށް ދޭންޖެހޭ ފައިސާއަކީ ކުއްޔެވެ. މީގެ އިތުރުން، ސިވިލް ސަރވަންޓަކު ވަޒީފާއިން ވަކިވުމުން އޭނާއަށް ދެވޭ ފައިސާއަކީ ޕެންޝަނެވެ.

ސްކޫލު މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުން ކިޔެވުމަށް ދައްކަން ޖެހޭ ފައިސާ އަކީ، ފީއެވެ. ވަޒީފާދިން ފަރާތުން ވަޒީފާ އަދާކުރާ ފަރާތަށް ދޭ ފައިސާއަކީ މުސާރައެވެ. އަދި ޚިދުމަތަކާއި މެދު ހިތްހަމަ ޖެހުމުގެ ގޮތުން ދޭ ފައިސާއަކީ، އަކީ ޓިޕެވެ.

ބޭންކު މެދުވެރިކޮށް ހޯދާ ފައިސާ އަކީ ލޯނެވެ. ކޯޓަށް ދައްކަން ޖެހޭ ފައިސާ އަކީ ޖުރުމަނާއެވެ. ޤާނޫނާއި ޚިލާފަށް މީހެއްގެ އަތުން ހޯދާ ނުވަތަ މީހަކަށް ދޭ ފައިސާއަކީ، ރިޝްވަތެވެ. 

އެކަމަކު މިހުރިހާ ވަޒީފާއެއް އަދާކުރާ ފައިސާގެ ނޫޓުތަކަކީވެސް ހަމަ އެކައްޗެކެވެ. މީގެ ތެރެއިން ކޮންމެވެސް އެއްބާވަތެއް ނުވަތަ އެއްބާވަތަށް ވުރެ ގިނަ ބާވަތުގެ ފައިސާ އަހަރެމެން ކޮންމެ މީހަކަށްވެސް ލިބި ލިބިހުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.