Advertisement

13 އަހަރުގެ ފެތުންތެރިޔާ އަމްނާ ތަޒްކިޔާ މިރުޞާދު، ފޮޓޯ: އަޙުމަދު ނިޔާޒު

29 Jul 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ލަންކާ މުބާރާތުގައި ތަޒްކިޔާ އިތުރު މެޑަލް އެއް ހޯދައިފި

ސްރީލަންކާގައި މި މަހުގެ 24 އިން 28 އަށް ކުރިޔަށްދިޔަ އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި އުމުރުން 13 އަހަރުގެ އަމްނާ ތަޒްކިޔާ މިރުޞާދު ތިންވަނަ އިންޑިވިޖުއަލް މެޑަލް ހޯދައިފިއެވެ. މިއީ މި މުބާރާތުގައި އޭނާ ހޯދި ފަސްވަނަ  މެޑަލްއެވެ.

މުބާރާތުގެ ފަހު ދުވަހު ޖޫނިއަރ ކެޓަގަރީގެ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ވާދަކޮށް، އެންމެ ފަހުން އޭނާ ހޯދީ ސިލްވަރ މެޑަލްއެވެ.

މި މުބާރާތުގައި ތަޒްކިޔާ ފުރަތަމަ ހޯދާފައިވަނީ 100 މީޓަރ ފްރީސްޓައިލް އިވެންޓުން ބްރައުންޒް މެޑަލްއެކެވެ. ދެވަނައަށް ހޯދާފައިވަނީ 50 މީޓަރ ފްރީސްޓައިލް އިވެންޓުން ސިލްވަރ މެޑަލް އެކެވެ. އަދި 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އަދި 4 ގުނަ 50 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުން ލޯމެޑަލް ހޯދި ޓީމުގައިވެސް ތަޒްކިޔާ ހިމެނެއެވެ.

މީގެ އިތުރުން އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓާއި އަދި އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑުވެސް އޭނާ ވަނީ އައުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.