Advertisement

ސިންދޫ އާއި ނަބާހާ، ފޮޓޯ: ގެޓީ އިމޭޖަސް

28 Jul 2024
ޕެރިސް އޮލިމްޕިކްސް 2024
މިފްތާޙް މުޙައްމަދު

ދެ އޮލިމްޕިކްސްގައި މެޑަލް ހޯދާފައިވާ ސިންދޫ އަތުން ނަބާހާއަށް މެޗު ގެއްލިއްޖެ

ދެ އޮލިމްޕިކްސްގައި މެޑަލް ހޯދާފައިވާ އިންޑިއާގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ، ޕީވީ ސިންދޫ އަތުން ރާއްޖޭގެ ނަބާހާ އަބްދުއް ރައްޒާގު ބަލިވެއްޖެއެވެ. ދުނިޔޭގެ 13 ވަނައިގައި ސީޑުކޮށްފައިވާ އަދި ރިއޯ ގޭމްސް 2016 ގައި ރިހި މެޑަލް ހޯދުމަށްފަހު ޓޯކްޔޯ ގޭމްސް 2020 ގައި ބްރޯންޒް މެޑަލް ހޯދާފައިވާ ސިންދޫ މި މެޗު ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

ނަބާހާއާ ދެކޮޅަށް ފުރަތަމަ ސެޓު ސިންދޫ ގެންދިޔައީ 21-9 އިންނެވެ. މި ސެޓުގެ ކުރީކޮޅު ނަބާހާ ވަނީ ސިންދޫގެ މައްޗަށް ކުރިހޯދޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން ޕޮއިންޓު ހަމަހަމަ ކުރިތަން ވެސް ފެނިގެން ދިޔައެވެ.

ނަމަވެސް ސިންދޫގެ ތަޖުރިބާއާއެކު، ދެވަނަ ސެޓު އޭނާ ފަސޭހަކޮށް ގެންދިޔައެވެ. ދެވަނަ ސެޓުގެ ނަތީޖާއަކީ 21-6 އެވެ.

ނަބާހާއަށް އަދި ގްރޫޕް ސްޓޭޖުގެ އެއް މެޗު އޮންނާނެއެވެ. އެ މެޗުގައި އޭނާ ބައްދަލު ކުރަންޖެހެނީ އެސްޓޯނިއާގެ ކްރިސްޓިން ކޫބާއާއެވެ. މި މެޗު ކުޅޭނީ ޖުލައި 30 ވަނަ ދުވަހު ރާއްޖެ ގަޑިން މެންދުރު 11:30 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.