Advertisement

28 Jul 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ދެ ރެކޯޑު އައު ކުރުމަށްފަހު އިންޑިވިޖުއަލް ދެވަނަ މެޑަލް ވެސް ތަޒްކިޔާ ހޯދައިފި

ސްރީލަންކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި ދިވެހި ފެތުންތެރިޔާ، އުމުރުން އެންމެ 13 އަހަރުގެ އަމްނާ ތަޒްކިޔާ މިރުޞާދު، ގައުމީ ދެ ރެކޯޑު އައުކުރުމަށްފަހު، އިންޑިވިޖުއަލް ދެވަނަ މެޑަލް އެއް ވެސް ހޯދައިފިއެވެ.

އޭނާ ފުރަތަމަ މެޑަލް ހޯދީ އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުންނެވެ. އެ އިވެންޓު 01:05.53 އިން ނިންމާ ގައުމީ ރެކޯޑު އައުކޮށް، އިވެންޓުގެ ލޯ މެޑަލް ވެސް ހޯދިއެވެ.

އެއަށްފަހު ދެން މެޑަލެއް މި ހޯދީ 50 މީޓަރ ފްރީސްޓައިލް އިވެންޓުންނެވެ. އޭނާ ވަނީ ފައިނަލުގައި 00:29.67 އިން ރޭސް ނިންމާ، އިވެންޓުން ރިހި މެޑަލް ހޯދާފައެވެ.

މީގެ އިތުރުން، ހަމަ މި މުބާރާތުގައި 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓުން ލޯ މެޑަލް ހޯދި ޓީމުގައިވެސް ތަޒްކިޔާ ހިމެނެއެވެ.

މި މުބާރާތުގައި އޭނާ ދެން އައުކޮށްފައިވާ ގައުމީ ރެކޯޑަކީ، އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލްއެވެ. އެ އިވެންޓު 01:05.53  އިން ނިންމާ، މީގެ 8 އަހަރު ކުރިން، 2016  ވަނަ އަހަރު ބޭއްވި ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި ހަދާފައިވާ ރެކޯޑު އޭނާ ވަނީ އައުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.