Advertisement

ގޯލާންގެ ފުޓުބޯޅަ ދަނޑަކަށް މިސައިލެއް ވެއްޓުނު ހާދިސާ --

28 Jul 2024
ދުނިޔެ
ޢަލީ ސުލައިމާން

އިޒްރޭލުގެ ފުޓުބޯޅަ ދަނޑަކަށް މިސައިލެއް ވެއްޓި 15 މީހުން މަރުވެ 20 މީހުން ޒަޚަމްވެއްޖެ

ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އިޒްރާއީލުން ވެރިވެގަނެގެން އުޅޭ ގޯލާނުގެ އުސްބިންތަކުގައި އާބާދުކޮށްފައިވާ ޔަހޫދީ އާބާދީއެއްގެ ފުޓުބޯޅަދަނޑަކަށް މިސައިލެއް ވެއްޓި، މަދުވެގެން 10 މީހުން މަރުވެ 20 ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 15އަށް މަތިވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ، ފުޓުބޯޅަދަނޑުގައި ކުޅެން ތިބި ޔަހޫދީ ކުޑަކުދިންތަކަކާއި އާއްމުންގެ ބައެކެވެ. 

ހަމަލާދިނީ ހިޒްބުﷲއިން ކަމުގައި އިޒްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވާއިރު، އެހަމަލާގެ ޒިންމާ އުފުލުމަށް ހިޒްބުﷲ އިން ވަނީ ދެކޮޅު ހަދާފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، އެހާދިސާ ހިނގީ އިޒްރޭލުން ދިފާއަށް ބޭނުން ކުރާ އަޔަންޑޯމުގައި މައްސަލައެއް ދިމާވެ، ރޮކެޓްތައް އިންސެޕްޓް ކުރުމަށް ބޭނުންކުރާ މިސައިލެއް ފުޓުބޯޅަ ދަނޑަށް ވެއްޓުމުންނެވެ. މިއީ 8 އޮކްޓޫބަރުގައި ޣައްޒާއިން ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ޤަތުލު އާއްމުތައް ހިންގަންފެށި ފަހުން، އިޒްރޭލުގެ އާއްމުންގެ އެންމެ ގިނަ މީހުން މަރުވި ހާދިސާއެވެ. މިހާދިސާގެ ބަދަލު ހިފާނެ ކަމުގައި އިޒްރާއީލުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.