Advertisement

27 Jul 2024
ޕެރިސް އޮލިމްޕިކްސް 2024
މިފްތާޙް މުޙައްމަދު

އުއްމީދީ ތަރިއަށް އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުން ނާކާމިޔާބު

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ޕްރިލިމިނަރީ ބުރުން ގައުމީ ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ ބަލިވެއްޖެއެވެ.

އުމުރުން 16 އަހަރުގެ ދީމާ ކުޅުނު މި މެޗުގައި ބައްދަލުކޮށްފައިވަނީ ޕޮލަންޑުގެ ކަޓާރްޒައިނާ ވޭގަޖަންއާއެވެ. އޭނާއަކީ ދުނިޔޭގެ ޓޭބަލް ޓެނިސް ރޭމްކިންގެ 135 ވަނައިގައި އޮތް ކުޅުންތެރިޔާއެވެ. ގަދަ 64 ކުޅުންތެރިންގެ ބުރުން ޖާގަ ހޯދުމަށް ކުޅުނު މި މެޗު ކަޓާރްޒައިނާ ކާމިޔާބުކުރީ ސީދާ ހަތަރު ސެޓުންނެވެ.

ކަޓާރްޒައިނާ މި މެޗު ކާމިޔާބުކޮށްފައިވަނީ 11-05, 11-05, 11-02 އަދި 11-08 އިންނެވެ.

ޕްރިލިމިނަރީ ބުރުން އޮލިމްޕިކްސް ނިންމާލަން ޖެހުނު ނަމަވެސް، ދީމާ އޮލިމްޕިކްސްއަށް ދިޔައީ ތާރީހީ ކާމިޔާބަކާއެކުއެވެ. ދީމާ އަކީ އޮލިމްޕިކްސް އަށް ކޮލިފައިވެގެން މުބާރާތުގައި ވާދަކުރި ދިވެހި ހަމައެކަނި އެތުލީޓެވެ.

މި ފަހަރުގެ އޮލިމްޕިކްސް އަކީ އެންމެ ގިނަ ކުޅިވަރުގައި ރާއްޖެއިން ވާދަކުރާ ފަހަރެވެ. އެގޮތުން، ޓީޓީގެ އިތުރުން ބެޑްމިންޓަނާއި ސްވިމިން އާއި އެތުލެޓިކްސް ހިމެނޭ ގޮތަށް، ޖުމްލަ ފަސް ދިވެހި އެތުލީޓުން އޮލިމްޕިކްސްގައި ފެންނާނެއެވެ. 

އޮލިމްޕިކްސްގައި މާދަމާ ވެސް ދިވެހި ކުޅުންތެރިއެއް ކުޅޭނެއެވެ. ބެޑްމިންޓަންގައި ރާއްޖެ ތަމްސީލު ކުރާ ނަބާހާ މާދަމާ ނިކުންނާނީ އިންޑިއާގެ ޕީވީ ސިންދޫއާ ދެކޮޅަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.