Advertisement

އަމްނާ ތަޒްކިޔާ މިރުޞާދު، ފޮޓޯ: އަޙުމަދު ނިޔާޒް

27 Jul 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އުމުރުން 13 އަހަރުގެ ތަޒްކިޔާ ފެތުމުގެ ދެ ރެކޯޑެއް ހަދައިފި

ސްރީލަންކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި ދިވެހި ފެތުންތެރިޔާ، އުމުރުން އެންމެ 13 އަހަރުގެ އަމްނާ ތަޒްކިޔާ މިރުޞާދު، ގައުމީ ދެ ރެކޯޑެއް ހަދައިފިއެވެ.

މި މަހުގެ 24 އިން 28 އަށް ކުރިޔަށްދާ މި މުބާރާތުގައި ތަޒްކިޔާ އައުކޮށްފައި ވަނީ އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓާއި އަދި އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ.

އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓު އޭނާ ނިންމާފައިވަނީ 01:05.53 އިންނެވެ. މި ނަތީޖާއާއެކު އޭނާއަށް ވަނީ އެ އިވެންޓުން ލޯ މެޑަލް ވެސް ލިބިފައެވެ. މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މީގެ 8 އަހަރު ކުރިން، 2016  ވަނަ އަހަރު ބޭއްވި ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި 01:05.71 އިން ރޭސް ފުރިހަމަކޮށް އާމިނަތު ޝަޖަންއެވެ.

އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑު ތަޒްކިޔާ އައު ކުރީ 02:51.26 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި އައިޝަތު ސައުސަންއެވެ. ސައުސަން އެ ފަހަރު އިވެންޓް ފުރިހަމަކޮށްފައިވަނީ 02:53.55 އިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.