Advertisement

ވެމްކޯގެ މުވައްޒަފުން ކުނިނެގުމުގެ މަސައްކަތުގައި-- ފޮޓޯ ވެމްކޯ

25 Apr 2023
ވިޔަފާރި
ޢަލީ ސުލައިމާން

ވެމްކޯއިން ބިންލައިނަރ ވިއްކާ އަގުތައް ހާމަކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބިންލައިނާ (ޑަސްބިން ކޮތަޅު) ވިއްކުމަށް ހަމަޖައްސާފައިވާ އަގުތައް މިއަދު އެކުންފުނިން ހާމަކޮށްފިއެވެ.

ޕްލާސްޓިކް ކޮތަޅުން ފީނަގަން ފެށުމާއި އެކު ކޮތަޅު އަގުބޮޑުވުމުގެ ޝަކުވާތައް އާއްމުން ވަނީ ކޮށްފައެވެ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުނި އެޅުމަށް ބޭނުންވާ ކޮތަޅު ވެމްކޯއިން ފޯރުކޮށްދޭނެކަން އެކުންފުނިން ވަނީ މިހަފްތާގައި ހާމަކޮށްފައެވެ. އަދި އެކުންފުނިން ވަނީ މިއަންނަ ބްރާސްފަތި ދުވަހުން ފެށިގެން އެކުންފުނީގެ ޓްރާންސްފަރ ސްޓޭޝަންތަކުން ތިން ސައިޒެއްގެ ކޮތަޅު ވިއްކަން ފަށާނެ ކަން ހާމަކޮށްފައެވެ. އަދި އާއްމުންނަށް ހޯލް ސޭލްކޮށާއި ރީޓެއިލްކޮށް ކޮތަޅު ވިއްކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމަށްވެސް ވެމްކޯއިން މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ވެމްކޯއިމް ކޮތަޅު ވިއްކުމަށް ކަނޑައަޅާފައިވާ އަގުތަކަކީ:

100 ކޮތަޅުގެ ލާޖު ކިތަޅު ބޮނޑިއެއް 35ރ

100 ކޮތަޅުގެ ޑަނަލް އެކްސް ލާޖު ކޮތަޅު ބޮނޑިއެއް 165ރ

50 ކޮތަޅުގެ ޓްރިޕަލް އެކްސް ލާޖް ކޮތަޅު ބޮނޑިއެއް 165ރ އެވެ.

ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ވިއްކާނީ، ފެހި އަދި ކަޅު ކުލައިގެ ކޮތަޅެވެ، މިގޮތުން ފެހި ކުލައިގެ ކޮތަޅުގައި ހަލާކުވެ ނެތިފަނާވެދާ ޒާތުގެ ކުނި ބަންދު ކުރުމަށާއި، ކަޅު ކޮތަޅުގައި އެނޫން ބާވަތްތަކުގެ ކުނި ބަންދު ކުރުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.