Advertisement

20 Jul 2024
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

ޝިއުރާގެ ކުޅުން ހަލާކުކޮށްލުމަށް ހެދި ސިހުރުން އޭނާ ސަލާމަތްވީ ބިރުވެރި އަދި އުނދަގޫ ދުވަސްތަކަކަށްފަހު

މީގެ ވިއްސަކަށް އަހަރު ކުރިން ނެޓްބޯޅަ ކޯޓުން ކުޅިވަރުގެ ކެރިއަރު ފެށި އައިމިނަތު ޝިއުރާ އަބްދުލް ބާރީ (ޝިއުރާ) އެންމެނަށް އެނގެން ފެށީ، އޭނާ ބާސްކެޓްބޯޅަ ކުޅެން ފެށުމަށްފަހު ދައްކަމުން ދިޔަ ހުނަރާއި ހޯދަމުން ދިޔަ ކާމިޔާބީ ތަކުގެ ސަބަބުންނެވެ. އޭނާވަނީ ބާސްކެޓްބޯޅައިގައި ޝަރަފްވެރި އެތައް މަގާމެއް ހޯދާފައެވެ.

ޝިއުރާގެ ކާމިޔާބީގެ މި އަލިގަދަ ދުވަސްތަކުގެ ފަހަތުގައި ކަޅު އަނދިރި ދުވަސްތަކެއް ވެސް ވެއެވެ. މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ ޑިޕްރެޝަނާ ވެސް ހަނގުރާމަކޮށްފައެވެ. އަދި އޭގެ ފަހުން، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭނާއާ ކުރިމަތިވީ ސިހުރުގެ ކަންތައް ގަނޑެކެވެ. "ނޫން" ގެ "ޠާޙާ އާއެކު ރުޤްޔާ" ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަމުން ޝިއުރާ ހިއްސާ ކުރީ އޭނާގެ ހަޔާތުގެ މި ދުވަސްތަކެވެ.

ޝިއުރާއަށް ޖެހުނު ސިހުރުގެ ކަންތައްގަނޑު ފެށުނީ މެޗެއް ކުޅެން ހުއްޓަކާ ނޫނެވެ. ނަމަވެސް މެޗެއް ބަލަން އިންދައެވެ. މެޗު ބަލަން އިށީންދެ އިންދާ އޭނާގެ ކަކޫ ދުޅަވިކަން ފާހަގަ ކުރެވުނުކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް އޭރު ހީކުރީ، އިށީންދެ އިނދެވުނު ގޮތުން ވީކަމެއް ކަމަށެވެ.

ކަންވީ އެހެންނަކުން ނޫނެވެ. ކަކުލުގެ ތަދާ ހެދި، ކުޅެ އުޅުމަށް އުނދަގޫވާންފެށިއެވެ. ބާސްކެޓްބޯޅައަކީ ގިނައިން ފުމެން ޖެހޭ ކުޅިވަރެއްކަމުން، ފުމެން އުނދަގޫވުމުގެ އިތުރުން, ދުވަން ވެސް އެންމެ ފަހުން ވީ އުނދަގުލަކަށެވެ. އެހެންކަމުން އެއީ ކުޅުމުގެ ތެރެއިން އެރި ތަދެއްކަމަށް ބަލައިގެން، ދެން އޭނާ ޑޮކްޓަރަށް ދެއްކީ ކަކުލަށް ލިބިފައިހުރި އަނިޔާއެއް ދެނެގަނެ އެކަމަށް ފަރުވާ ހޯދުމަށެވެ.  

ނަމަވެސް ކަކުލުގެ ފަރުވާއަށް ފެށި މަސައްކަތުގައި ކަންތައް ކުރިމަތިވީ ވަރަށް ނާއުއްމީދީ ގޮތަކަށެވެ. މާލޭގެ ތަފާތު ދެ ހޮސްޕިޓަލަކަށް ދައްކާ އެމްއާރްއައި ހެދުމުން ވެސް ކަކުލަށް އެއްވެސް އަނިޔާއެއް ވެފައިވާކަމަކަށް ނުދެއްކިއެވެ. އެކަން ގަބޫލު ނުކުރެވިގެން ދެން އޭނާ ދިޔައީ އިންޑިއާއަށެވެ. އިންޑިއާއަށް ގޮސް ފަރުވާ ހޯދަން މަސައްކަތްކުރީ އެތުލީޓުންނަށް ހާއްސަ ސެންޓަރަކުންނެވެ. ނަމަވެސް އެތަނުން ހެދި ޓެސްޓުތަކާ، އެމްއާރުއައި އިން ވެސް އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. އެވަރުން ގަބޫލު ނުކުރެވިގެން އިންޑިއާގެ އެހެން ހޮސްޕިޓަލަކުން ވެސް އެމްއާރުއައި ރިޕީޓު ކުރިއެވެ. ނަމަވެސް ނަތީޖާ ބަދަލެއް ނުވިއެވެ. ކަކޫ ދުޅަވާންޖެހޭ އެއްވެސް މައްސަލައެއް ނުފެނުނެވެ.

އެ ހިސާބުން ޝިއުރާއަށް މަޖުބޫރުވީ، އޭނާއަށް އެ ކުރިމަތި ކުރުވާ ކަންކަމުގެ ހަގީގަތް ހޯދުމަށް އިތުރު ވިސްނުމަކަށް ދިއުމަށެވެ. އެގޮތުން ޝިއުރާ ދެން އެހީތެރިކަން ހޯދީ ޝެއިޙް ޠާޙާގެ ކައިރިންނެވެ. ޝެއިޙް "ޠާޙާ ކްލިނިކް" އަކީ ރުޤްޔާ ކުރުމާ ހިޖާމާ ޖެހުމަށް ގިނަ ބައެއްގެ ތެރޭގައި މަޤުބޫލު ކްލިނިކެކެވެ.

ޝިއުރާއަށް ރޫހާނީ އުދަގޫތައް ވާން ފެށީ ފަރުވާ ފެށި ހިސާބުންނެވެ. އެގޮތުން އެކަނި ހުންނަ އިރު، އެތާނގައި ހުންނަން ނުޖެހޭ މީހުންގެ ސިފަ ސިފަ ފެނިފައިވެއެވެ. އަދި ނިދަން އޮންނަ އިރު ވެސް އުނދަގޫތައް ކުރަން ފެށިއެވެ. ޝިއުރާ ކިޔައިދިން ގޮތުން، އޭނާ ނިދަން އޮންނަ އިރު ކުއްލިއަކަށް ކޮޓަރި ތެރޭގައި ހުންނަ ފޮތްތައް ތަޅުންމައްޗަށް ވައްޓާލުމާއި، އުނދަގޫ ކުރުމަށް ނަމުން ގޮވާ ނިދިޔަ ނުދީ ވެސް ހިފަހައްޓައެވެ.

ޝިއުރާ ހިއްސާކުރި ގޮތުގައި އޭނާގެ ކުޑަ ދަރިފުޅަށް ވެސް އެ ރޫހާނީ ކަންތައްތައް ފެނުނެވެ. އެގޮތުން އެއްދުވަހު ދަރިފުޅަށް ރޫހު ފެނިގެން އޭނާގެ ކައިރީގައި މަންމަ ފަހަތުގަ އެ ހުރީ ކޯޗެއްހޭ އެހިއެވެ. ދަރިފުޅު އެ ދުވަހު އޭނާއަށް އެ ފުނުނު އެއްޗެއްގެ ސިފަ ކިޔައިދިން ކަމަށް ވެސް ހިއްސާކުރިއެވެ.

މީގެ އިތުރުން، ދޮރު ފޮތި އެކަނި ހުރެ ހިއްލުމާ، ކޮޓަރީގަ ހުންނަ އެއްޗެތި އަމިއްލައަށް އެއްތަނުން އަނެއްތަނަށް ދިއުމަކީ އެ ދުވަސްވަރު އޭނާއަށް އާންމު ކަމެކެވެ.

"މިހެން އިނދެގެން ކިޔާ ދޭއިރު މީހުން ހީކޮށްފާނެ ހަމަ ފިލްމެކޭ. އެކަމަކު ހަމަ ފިލްމެއް ނޫން. އެއީ ޝިއުރާއަށް ދިމާވި ގޮތް."

ސިހުރު ޖެހުމުން ކުރިމަތިވި ކަންތައްތައް ހިއްސާ ކުރަމުން ޝިއުރާ ބުންޏެވެ.


ޝެއިޙް ހިއްސާކުރި ގޮތުގައި ސިހުރު ޖެހުމުން އެކިކަހަލަ ހުވަފެންތައް ފެންނާނެއެވެ. އެގޮތުން ބައެއް މީހުނަށް އެމީހުން އުސް ތަނުން ވެއްޓޭތަން ފެނުމާ، އަނެއް ބަޔަކަށް ކަނޑަށް ގެނބެނިކޮށް ފެނުމާ، ހަރުފަ ނޫނީ ދިރޭ އެއްޗެތި ހަމަލާ ދޭތަން ފެނުމާ އަދި މީގެ ތެރެއިން ބައެއް މީހުނަށް ޖިންނި ވެސް ފެނެއެވެ. ނޫނީ ވަޅިއެއް ހިފައިގެން މަރާލަން އަންނަ ތަން ވެސް ފެނިދާނެކަމަށް ޝެއިޙް ބުންޏެވެ.

ޝިއުރާގެ ފަރުވާގެ ދުވަސްތައް ހިއްސާ ކުރަމުން، އޭނާއަށް ރުޤުޔާ ކުރާ ގަޑީގަ ނިދިޖެހުނީމަ ހުވަފެން ފެންނަ ކަމަށް ބުންޏެވެ. އަދި އިންސާނުންގެ ސިފަ ސިފައިގައި ޖިންނި ފެންނަ ކަމަށްވެސް ބުންޏެވެ. އަދި ފާހަގަކޮށްލެވޭ އެއް ހުވަފެން ކިޔައިދެމުން ބުނީ، ތިން އިސްތަށި ބޮޅު އެއްތަނެއްގައި އިންދައި ފެނުނު ކަމަށެވެ. އެއީ އޭނާއަށް ހެދި ސިހުރު ތިން ތަނަކަށް ހަދާފަ ހުރުމުން ފެނުނު ހުވަފެނެއްކަން ފަހުން އެނގުނުކަމަށް ވެސް ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން އަހުޒާބު ސޫރަތް އަޑުއަހާއިރު ހަމަ ކޮންމެ ދުވަހަކު ރޮވޭ ވާހަކަ އޭނާ ހިއްސާކުރިއެވެ. އޭނާ ފުރަތަމަ ހީކުރީ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ގޭގަ އިނދެ އަޑުއަހާތީ އިމޯޝަނަލް ވެވެނީ ކަމަށެވެ. ނަމަވެސް އޮފީހުގަ އިނދެގެން ނޫނީ މީހުންގެ ތެރޭގައި ހުރެގެން އަޑު އެހީމަ ވެސް ރޮވޭކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭރު އެ ސޫރަތް އަޑުއެހީ އެއީ ކިހާ ބާރުގަދަ ސޫރަތެއް ކަން އެނގިގެނެއް ނޫނެވެ. ސޫރަތް އަޑުއެހުމުން އޭނާއަށް މިހެން ދިމާވުން ހުއްޓުނީ ސިހުރުން ރަގަޅުވިފަހުންނެވެ.

ޝިއުރާއަށް ޖެހުނު ސިހުރުގެ ކަންތައްތައް ކިޔައިން އިންޓަވިއު

ޝިއުރާގެ އިންޓަވިއު ބަލާލުމަށް މަތީގައިވާ ޔޫޓުއިބް ވީޑިއޯ ހުޅުވާށެވެ.


ޝިއުރާއަށް ޖެހުނު ސިހުރުން އޭނާ ސަލާމަތްވީ ރުޤުޔާއާއެކު ހިޖާމާ ތެރަޕީ އާއި އިތުރު ފަރުވާތައް ފެށުމުންނެވެ. އަދި ސިހުރު ޖެހިފައި ހުރި މުއްދަތުގައި ކަންތައްތައް ދިމާވި ގޮތުން، އެއީ އޭނާގެ ކުޅުން ހަލާކުކޮށްލުމަށް ހަދާފައިހުރި ސިހުރުކަން އެނގުނު ކަމަށް ޝިއުރާ ކިޔައިދިނެވެ.

ސިހުރަކީ އިސްލާމް ދީނުގައި ވަރަށް ބޮޑު ފާފައެކެކެވެ. އިސްލާމީ ޝަރީއަތުގައި މިކަމުގެ ހައްދަކީ، އެކަން ސާބިތުވެއްޖެ ނަމަ އެމީހަކު މަރާލުމެވެ.

ކޮމެންޓް
ހިޔަލަ ޕެއާ
ކައްޒާބުމެނަށް މި ހަބަރު ފެނިދާނެ
20 Jul 2024
އަލިފުޅު ޕެއާ
ބޮލަށް ހުޅި ޖަހައި އުޅޭ ބޯދިގު ކައްޒާބު ކަހީނު މެނަށް މިޚަބަރު ފެނިދާނެ
25 Jul 2024
އިތުރު އާޓިކަލް
01 Apr 2025
ޚަބަރު
ޖަލުން ދޫކޮށްލި މީހަކު ބޭބެއަށް ހަމަލާދީގެން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 11:28 ހާއިރުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
01 Apr 2025
ޚަބަރު
ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.