Advertisement

18 Jul 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ކޮރަޕްޝަންގެ ތުހުމަތު ބޮޑުވެފައި ވަނިކޮށް މޫސަ އިސްތިއުފާ ދީފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު، އޭނާ ހުރި މަގާމުން އިސްތިއުފާދީފިއެވެ. އޭނާ އިސްތިއުފާ ދީފައި މިވަނީ، އޭނާއާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ، ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމުގެ މަގާމާއި، ބެޑްމިންޓަން އޭޝިއާ ޖެނެރަލް ސެކްރެޓަރީ ކަމުގެ މަގާމާއި، ސައުތު އޭޝިއާގެ ބެޑްމިންޓަން ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރެއްވި މޫސަގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތަކީ، އޭނާގެ ހިއްސާ އޮންނަ ކުޅިވަރު ސާމާނު ވިއްކާ ފިހާރައަކުން އެސޯސިއޭޝަނަށް ތަކެތި ގަންނަ މައްސަލައެވެ.

ނަމަވެސް މޫސަގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މި ތުހުމަތު އޭނާ ވަނީ ދޮގުކޮށްފައެވެ. އަދި އެސޯސިއޭޝަނުން މި މައްސަލާގައި ކުރިން ބުނެފައިވަނީ، މޫސައާ ގުޅުން އޮންނަ ފިހާރައިން ތަކެތި ގަންނަންޖެހެނީ އެތަކެތި ލިބޭ ހަމައެކަނި ތަނަކީ އެއީ ކަމަށްވެފައި, ބެޑްމިންޓަން އެސޯސިއޭޝަނުގެ އެކްސްކޯއިން އެކަމަށް ހުއްދަދީފައިވާތީ ކަމަށެވެ.

މޫސަ ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ މަގާމުގައި ތިން ދައުރު ފުރިހަމަކޮށްފައެވެ. އެންމެ ފަހުން އޭނާ ފުރި ހަތަރު އަހަރުގެ ދައުރު ހަމަވީ މި އަހަރުގެ ތެރޭގައެވެ. އެއަށްފަހު އިންތިހާބެއް ނުބާއްވައި، މޫސަ އިސްވެ ހުންނަވައިގެން ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އޭގެ ފަހުން ބެޑްމިންޓަން އެސޯސިއޭޝަނުން ބާއްވަން އުޅުނު އިންތިހާބުގައި އޭނާ ވަނީ ނައިބް ރައީސްކަމަށް ކުރިމަތިލާފައެވެ. ނަމަވެސް، ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ އެ އިންތިހާބު ހުއްޓުވާފައެވެ.

އަދި ރާއްޖޭގެ ކަމިޝަނަރ އޮފް ސްޕޯޓްސްއިން ވަނީ މި މައްސަލަ އިންޓަނޭޝަނަލް ބެޑްމިންޓަން ފެޑަރޭޝަނާ ވެސް ހިއްސާކޮށްފައެވެ.

މޫސަ އިސްތިއުފާ ދިނީ އިންޓަނޭޝަނަލް ބެޑްމިންޓަން ފެޑަރޭޝަނުން އޭނާ އަށް އެކަން އެންގުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.