Advertisement

15 Jul 2024
ކޮޕާ އެމެރިކާ
މިފްތާޙް މުޙައްމަދު

ކޮޕާ އެމެރިކާ 2024 ގެ ތައްޓާއެކު ޖެހިޖެހިގެން ބައިނަލްއަގްވާމީ 3 ތަށި ކާމިޔާބުކޮށް، މާޒީގެ ހިތި ހަނދާންތައް އާޖެންޓީނާއިން މުޅިން ފޮހެލައިފި

ކޮންމެބޯލް ކޮޕާ އެމެރިކާ 2024 ގެ ތައްޓާއެކު ޖެހިޖެހިގެން ބައިނަލްއަގްވާމީ 3 ތަށި ކާމިޔާބުކޮށް، މާޒީގެ ހިތި ހަނދާންތައް އާޖެންޓީނާއިން މުޅިން ފޮހެލައިފިއެވެ. 

މީގެ 10 އަހަރު ކުރިޔަށްޖެހިލާއިރު، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނުވިލާތުން އިތުރު ވަގުތުގައި ޖެހި ގޯލަކުން އާޖެންޓީނާ ބަލިވި ފަހުން، އެ ޓީމު ޖެހިޖެހިގެން ދެން ކުޅުނު ދެ ފައިނަލުން ވެސް ވަނީ ބަލިވެފައެވެ. އެއީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުގައި ޗިލީއާ ބައްދަލުކޮށްގެންނެވެ. މި ދެ ފަހަރު ވެސް އާޖެންޓީނާ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ޖެހިޖެހިގެން 3 ފައިނަލުން ބަލިވުމާ ގުޅިގެން މެސީ އޭރު ގައުމީ ޓީމަށް ކުޅެން ހުއްޓާލަން ވެސް ނިންމިއެވެ. ނަމަވެސް ނިންމުން ބަދަލުކޮށް އަލުން އަނބުރާ އައިސް، ހާލަތު މިހާރު މިއޮތީ ބަދަލުކޮށްފައެވެ.

2016 ވަނަ އަހަރުގެ ފައިނަލުން ބަލިވުމަށްފަހު، އޭގެ 5 އަހަރު ފަހުން 2021 ގައި އާޖެންޓީނާ ފުރަތަމަ ކާމިޔާބުކުރީ ކޮޕާ އެމެރިކާއެވެ. އެއަށްފަހު 2022 ގައި ގަތަރުގައި އޮތް ވޯލްޑް ކަޕަށް ފަހު، އެންމެ ފަހުން އެމެރިކާގައި މިއަދު ނިމުނު ކޮޕާ އެމެރިކާ 2024 އެވެ.

ކޮޕާ އެމެރިކާ 2024 ގެ ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރީ، މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ގޯލުތަކެއް ޖަހަމުން އައި ކޮލަމްބިއާއާއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފައެވެ. އާޖެންޓީނާ އިން މުބާރާތް ކާމިޔާބުކުރީ، އިތުރު މިނެޓުގެ ދެ ހާފުގެ ކުޅުމުގެ ތެރެއިން ލެއުޓާރޯ މާޓިނޭޒް ކާމިޔާބުކުރި ގޯލަކުންނެވެ. މިއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި 5 ވަނަ ގޯލެވެ.

މި މެޗުގައި މެސީއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެވަނަ ހާފުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

އާޖެންޓީނާގެ މި ތައްޓާއެކު، އެމީހުންނަކީ މިހާރު ކޮޕާ އެމެރިކާ އެންމެ ގިނަ ފަހަރަށް ކާމިޔާބުކުރި ޓީމެވެ. އެގޮތުން އެ ޓީމުން 16 ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަހަރަށް މުބާރާތް ކާމިޔާބުކުރި އުރުގުއޭ ވަނީ 15 ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.