Advertisement

12 Jul 2024
ލައިފްސްޓައިލް

ތެލުލި ކުޅި ބަނުބުކެޔޮ މީ އަނގަޔަށް މީރު ލުއި ކެއުމެއް

ތެލުލި ބަނބުކޭލަކީ ގިނަ ދިވެހިންނަށް މީރު ލުއި ކެއުމެކެވެ. ތެލުލި ކޭލަށް ގޭގޭގައި އޮންނަ ޑިމާންޑު އެނގެނީ، ކެއު ތެލަށް އެޅުމަށްފަހު ފަސޭހައިން ފެންނަ ހިސާބެއްގައި ބަހައްޓައިފި ނަމައެވެ. ތެލުލި ކެޔޮ ދަޅެއް ނަމަ، މަދު ގަޑިއިރު ކޮޅެއްގެ ތެރޭގައި ދަޅުގެ ފޫ ފެންނާނެއެވެ. އަދި ޑަބިޔަލެއް ނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ކަންތައް ނިމޭނެއެވެ.

މި ފަހަރު މި ކިޔާލަދެނީ، ތެލުލި ކުޅި ބަނބުކެޔޮ ތައްޔާރު ކުރާނެ ގޮތެވެ. މިއީ ތަޖުރިބާކޮށްލަން ރަގަޅު ރަހަޔަކަށް ވާނެކަން ޔަގީނެވެ.

ބޭނުންވާނެ ތަކެތި:

ބަނބުކެޔޮ

ރިހާކުރު

ފުނޑިމިރުސް

ހަދާނެ ގޮތް:

އެންމެ ފުރަތަމަ ބަނބުކޭލުގެ ތޮށި މެށުމަށްފަހު، ދެ ފަޅިކޮށް އޭގެ ކަރުގަނޑު ނަގާށެވެ. އަދި ތެލުލި ބަނޑުކެޔޮ ކޮށާފަ ހުންނަހެން ފޮތި ފޮއްޗަށް ބަނބުކެޔޮ ކޮށާލާށެވެ.

އެއަށްފަހު ފޮތިކޮށްފައި ހުރި ބަނބުކެޔޮތައް ތައްޓަކަށް އަޅާ، ރަހަލާވަރަށް ރިހާކުރު އެޅުމަށްފަހު ރަގަޅަށް މޮޑެލާށެވެ. ކޮންމެހެން ތެލުލި ރިހާކުރު ބޭނުން ކުރުން މުހިންމެއް ނޫނެވެ. އާދައިގެ ރިހާކުރު ވެސް ކަމުދާނެއެވެ.

ދެން ޖެހޭނީ އެމީހަކު ބޭނުންވާ މިންވަރަށް ކުޅި ރަހަ ހުންނާނެ ވަރަށް ފުނޑިމިރުސްގަނޑު އަޅާ މޮޑެލާށެވެ. މިރުސްގަނޑު ހަދާއިރު، ފިޔާ، މިރުސް، ހިކަނދިފަތް، ލޮނު އަދި ލޮނުމެދު ބޭނުންކޮށްލިޔަސް ފުދޭނެއެވެ.

ދެން އޮތީ އެންމެ ފަހު ކަންތަކެވެ. އެއީ ކެޔޮ ތެލަށް އެޅުމެވެ. ތެލުލާއިރު ސަމާލުކަން ދޭންވީ ރަގަޅަށް މުރަނަކޮށް ހުންނަވަރަށް ތެލުލުމަށެވެ.

މިއީ، ކުރިޔަށޤ މިދާ ފުޓުބޯޅަ މޫސުމުގެ ފައިނަލް މެޗުތަކަށް ހާއްސަ ލުއި ކެއުމަކަށް ވާނެއެވެ. ތަޖުރިބާ ކޮށްލާށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
01 Apr 2025
ޚަބަރު
ޖަލުން ދޫކޮށްލި މީހަކު ބޭބެއަށް ހަމަލާދީގެން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 11:28 ހާއިރުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
01 Apr 2025
ޚަބަރު
ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.