Advertisement

ކޮލަމްބިއާގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް، ފޮޓޯ: ކޮޕާ އެމެރިކާ

11 Jul 2024
ކޮޕާ އެމެރިކާ
މިފްތާޙް މުޙައްމަދު

ކޮޕާ އެމެރިކާގެ ފައިނަލަށް ކޮލަމްބިއާ ދަތުރުކޮށް، މެސީގެ ރެކޯޑެއް ހަމޭސް މުގުރާލައިފި

މިހާރު އެމެރިކާގައި ކުރިޔަށްދާ ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ކޮލަމްބިއާ އާއި އުރުގުއޭ ބައްދަލުކުރިމެޗު 1-0 އިން ކާމިޔާބުކޮށް، ކޮލަމްބިއާއިން މުބާރާތުގެ ތާރީހުގައި ތިން ވަނަ ފަހަރަށް ފައިނަލުން ޖާގަ ހޯދައިފިއެވެ.

އެ ޓީމުން ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރު ކޮށްފައިވަނީ 1975 ގައެވެ. ނަމަވެސް އެ ފަހަރު ޕެރޫ އަތުން ވަނީ ބަލިވެފައެވެ. ކޮލަމްބިއާއިން ފުރަތަމަ ފަހަރަށް، އަދި މިހާތަނަށް އެ ޓީމަށް މުބާރާތް ކާމިޔާބު ކުރެވުނު ހަމައެކަނި ފަހަރަކީ ވެސް، 2001 ވަނަ އަހަރުގެ ފައިނަލުގައި މެކްސިކޯ ބަލިކުރުމަށްފަހު ހޯދި ކާމިޔާބީއެވެ.

ކޮލަމްބިއާއިން މި އަންނަ ހޯމަ ދުވަހު، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ފައިނަލުގައި ނިކުންނަ އިރު، 2021 ވަނަ އަހަރުގެ މުބާރާތުގައި މެސީ ހަދާފައިވާ ރެކޯޑެއް މިވަނީ ހަމޭސް ރޮޑްރިގޭޒް މުގުރާލާފައެވެ. އެއީ އެއް މުބާރާތެއްގައި އެންމެ ގިނަ އެސިސްޓު ހަދުމުގެ ރެކޯޑެވެ.

ސެމީ ފައިނަލްގައި ޖެފަސަން ލޭމާ ބޮލުން ކާމިޔާބުކުރި ގޯލަކީ މި މުބާރާތުގައި ހަމޭސްގެ 6 ވަނަ އެސިސްޓެވެ. 2011 ވަނަ އަހަރަށްފަހު މުބާރާތުގެ ސްޓެޓިސްޓިކްސް ރެކޯޑު ކުރަން ފެށިފަހުން، މި ރެކޯޑު އެންމެ ފަހުން މެސީގެ އަތުގައި އޮތީ 5 އެސިސްޓާއެކުއެވެ. ހަމޭސް ވަނީ ފުރަތަމަ މެޗުގައި ޕެރަގުއާއީއާ ދެކޮޅަށް ދެ އެސިސްޓު ކޮށްދިނެވެ. އޭގެ ފަހުން ކޮސްޓަރިކާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި އިތުރު އެސިސްޓެއް ކޮށްދީފައިވާއިރު، ކުއާޓާ ފައިނަލުގައި ޕެނާމާއާ ދެކޮޅަށް ވަނީ ދެ އެސިސްޓު ކޮށްދީފައެވެ.

އަދި މިހާތަނަށް ކޮލަމްބިއާ މި މުބާރާތުގައި ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވެސް ހަމޭސް ރޮޑްރިގޭޒްއެވެ.

ކޮލަމްބިއާ އިން ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާލާއިރު، ގްރޫޕް ސްޓޭޖުގައި ޕެރަގުއާއީ 2-1 އިން ބަލިކޮށްފައިވާ އިރު ކޮސްޓަރިކާ ވަނީ 3-0 އިން ބަލިކޮށްފައެވެ. ބްރެޒިލްއާ ކުޅުނު މެޗު އެއްވަރުވީ 1-1 އިން ނެވެ. އަދި ކުއާޓާ ފައިނަލުގައި 5-0 އިން ޕެނާމާ ބަލިކޮށް، ސެމީގައި އުރުގުއޭ ބަލިކޮށްފައި މިވަނީ 1-0 އިންނެވެ.

އުރުގުއޭއަށް މި މެޗުގެ ނަތީޖާ ބަދަލު ކޮށްލުމަށް ރަގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ޑާވިން ނުނިއޭޒް އަދި ލުއިސް ސުއަރޭޒްގެ ހަމަލާތަށް ވަނީ ގޯލަކަށް ބަދަލުކުރެވޭ ގޮތް ނުވެފައެވެ. މީގެ އިތުރުން ކޮލަމްބިއާގެ ކުޅުންތެރިއަކަށް ފުރަތަމަ ހާފުގެ އިތުރު ވަގުތު ރަތް ކާޑު ދެއްކުމާ ގުޅިގެން ލިބުނު އެޑްވަންޓޭޖުގެ ބޭނުން ވެސް އުރުގެއޭއަށް ވަނީ ހިފޭ ގޮތް ނުވެފައެވެ.

އުރުގުއޭއަށް ފައިނަލުން ޖާގަ ލިބުނުނަމަ މި ފަހަރުގެ ފައިނަލް ވެގެންދިޔައީހީ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ލަގަބު އެއްކޮޅަކަށް ބުރަކޮށްލުމަށް ލިބޭނެ ފުރުސަތަކަށެވެ. މިހާރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމުތަކުގެ ގޮތުގައި އޮތީ އުރުގުއޭ އާއި އާޖެންޓީނާއެވެ. މި ދެ ޓީމުން ވެސް ވަނީ މުބާރާތް 15 ފަހަރަށް ކާމިޔާބުކޮށްފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.