Advertisement

ވެމްކޯގެ މުވައްޒަފުން ކުނި އެއްކުރުމުގައި -- ފޮޓޯ: ވެމްކޯ

24 Apr 2023
ވިޔަފާރި
ޢަލީ ސުލައިމާން

ވެމްކޯއިން ފޯރުކޮށްދޭ ބިންލައިނަރ ވިއްކަން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއިން ވިއްކުމަށް ހަމަޖައްސާފައިވާ ބިންލައިނަރ ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކުމަށް ބޭނުންވާ ފަރާތްތަަކަށް އެކުންފުނިން ފުރުޞަތު ހުޅުވާލައިފިއެވެ.

ވެމްކޯއިން ބުނީ،  އެކުންފުނީގެ ފަރާތުން ވިއްކުމަށް ހަމަޖައްސައިފައިވާ ބިންލައިނަށް ވިއްކުމަށް އެދޭ ފަރާތްތަކަށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އެކަމަށް އެދި ހުށައެޅޭނެ ކަމަށެވެ.

ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމާއިއެކު ޑަސްބިންގައި ބޭނުން ކުރާނެ ކޮތަޅުގެ ނެތުމުގެ މައްސަލަ އާއްމުން ވަނީ ފާހަގަކޮށްފައެވެ. އެހެންވެ ވެމްކޯއިން ވަނީ، ކުނިއެޅުމަށް ބޭނުންވާ ޑަސްބިން ކޮތަޅު ބުރާސްފަތި ދުވަހުން ފެށިގެން އެކުންފުނިން ވިއްކަން ފަށާނެކަން ހާމަކޮށްފައެވެ. މިގޮތުން މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެކުންފުނީގެ ޓްރާންސްފަރ ސްޓޭޝަންތަކުގެ އޮފީސްތަކުން ކޮތަޅު ވިއްކާނެ ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.

ވެމްކޯއިން ބުނެފައިވަނީ އެކުންފުނިން ވިއްކާނީ 3 ސައިޒެއްގެ ކަޅު އަދި ފެހި ކުލައިގެ ކޮތަޅު ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.