Advertisement

15 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

ޢަލި ރަސްގެފާނު ޒިޔާރަތުގެ އައުބައުތުރަ ފިލުވުމާއި ބެލެހެއްޓުން އެމްޑަބުލިޔުއެސްސީއަށް

މާލޭ ޝަހީދު ޢަލީ ހިނގުމުގައި ހުންނަ، މަޝްހޫރު އަލިރަސްގެފާނު ޒިޔާރަތުގެ އައުބައުތުރަ ފިލުވުމާއި އެތަން ބެލެހެއްޓުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމަސައްކަތް އެމްޑަބުލިޔުއެސްސީއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއެކޮށްފައި ވަނީ، ބުދަ ދުވަހު، އެމްޑަބުލިޔުއެސްސީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުމުގައި، ތަރިކަ ރައްކާތެރި ކުރުމާއި ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓްފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤެވެ. އަދި އެމްޑަބުލިޔުއެސްސީގެ ފަރާތުން ސޮއެކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން ޝާހެވެ. މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއެއްބަސްވުމުގެ ދަށުން އަލިރަސްގެފާނު ޒިޔާރަތުގެ އައުބައުތުރަ ފިލުވައި އެތަން ބެލެހެއްޓުމާއި، ސީސީޓީވީ ކެމެރާ ހަރުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރާނީ އެމްޑަބުލިޔުއެސްސީއިންނެވެ.

އެމްޑަބުލިޔުއެސްސީއާ މިމަސައްކަތް ހަވާލުކުރެއްވި އިރު، އެޒިޔާރަތުގެ ތެރޭގައި، ރައީސް ޔާމީން ސަރުކާރުން ވަނީ، ސްޓޯމްވޯޓަރ ޑްރެއިން ޕަމްޕްތަކެއް ބަހައްޓާފައެވެ. ޒިޔާރަތުގެ ހަރިންމަ ކޮނެ އެޕަމްޕްތައް ބެހެއްޓުމުން އޭރު ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި އެޕަމްޕްތައް ބެލެހެއްޓުމުގެ ޒިންމާވެސް ހަވާލުވެފައި އޮތީ އެމްޑަބުލިޔުއެސްސީއަށެވެ.

މީގެ އިތުރުން އަލިރަސްގެފާނު ޒިޔާރަތުގެ ކުރިމައްޗަށާއި، އެޒިޔާރަތުގެ ތެރެއަށް ކުނިޖަމާކުރާ މައްސަލަވެސް އޮތީ ބޮޑުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.