Advertisement

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ 24 ވަނަ އަހަރީ ދުވަހުގެ ޙަފްލާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

06 Jul 2024
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޢަލީ ސުލައިމާން

ރާއްޖޭގެ އާބާދީގެ ކޮންމެ 10 މީހަކުން 2 މީހުންގެ ހަކުރުބަލި ހުރޭ: ފަސްޓް ލޭޑީ

ރާއްޖޭގެ އާބާދީގައި ހިމެނޭ ކޮންމެ 10 މީހެއްގެ ތެރެއިން ދެމީހަކީ، ޓައިޕް 2 ހަކުރުބަލި ހުންނަ މީހުންކަމުގައި ފަސްޓްލޭޑި ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަސްޓްލޭޑި ސާޖިދާ މުޙައްމަދު ވިދާޅުވީ، ހަކުރުބަލިން ސަލާމަތްވެ ތިބުމަށްޓަކައި، ކޮންމެ މީހަކީ މި ބައްޔާމެދު އަމިއްލައަށް މަޢުލޫމާތު ހޯދާ މީހަކަށްވުމާ، ލިބޭ މަޢުލޫމާތާ އެއްގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް އިސްލާޙްކުރުމާ، ހަކުރުބަލި ތަޙައްމަލުކުރަން ޖެހިފައިވާނަމަ ފަރުވާހޯދައި، އަމިއްލަ ހަށިގަނޑަށް ފަރުވާތެރިކަމާއި ސަމާލުކަން ދޭ މީހަކަށް ވާންޖެހޭ ކަމަށެވެ.

"ރާއްޖޭގެ ނިސްބަތުގައި މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ޢަދަދެއް. ހަކުރުބައްޔަކީ ސަލާމަތް ޞިއްޙަތު ވަރަށް އަވަހަށް ހަލާކުކޮށްލާ ބައްޔެއް. ލޮލުގެ ފެނުން، ކިޑްނީގެ މަސައްކަތް، ހިތުގެ މަސައްކަތް އަދި މިއީ މިނޫނަސް އެތެރެހަށީގެ ގުނަވަންތަކުގެ ހަރަކާތްތެރިކަމަށް، ހަކުރުބަލި ވަރަށް އަވަހަށް ހަމަލާދޭ."

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު 

ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، ހަކުރު ބަލީގެ ޝިކާރައަކަށް ނުވެ ހުރެވޭތޯ ކޮންމެ މީހަކުވެސް ވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ 24 ވަނަ އަހަރީ ދުވަހުގެ ޙަފްލާގައި، ރާއްޖޭގައި ހަކުރުބައްޔަށް ސްކްރީން ކުރުމަށް ، އެ އެސޯސިއޭޝަނުން ކުރިޔަށްގެންދިޔަ ޕްރޮގްރާމުން ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސް ހިސާބު ފޮތް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ނެރެ ދެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.