Advertisement

"ފަލަސްޠީނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކުރެއްވުން -- ފޮޓޯ: ޕީއެސްއެމް

03 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ފަަސްޠީނަށް އެހީވާން އެއްކުރި ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކުރައްވައިފި

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު ހުރިހާ ފައިސާއެއް އެކުން ފުނިން، ފޮރިން މިނިސްޓްރީއާ ހަވާލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، "ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި ޕީއެސްއެމްއިން ކުރިޔަށް ގެންދިޔަ 18 ގަޑިއިރުގެ ޓެލެތޯނަށް، 19.1 މިލިޔަން ރުފިޔާ ލިބުނު ކަމުގައި އެކުންފުނިން ހާމަކުރައްވާފައި ވެއެވެ. 

އެ ޓެލެތޯނުން ލިބުނު ފައިސާ ހަވާލު ކުރުމުގެ ގޮތުން، ފައިސާގެ ރަމްޒީ ޗެކް، ފޮރުން މިނިސްޓަރ މޫސާ ޒަމީރާއި ހަވާލުކޮށްދެއްވީ، ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ ޒީނާ ޒާހިރެވެ.

އެޓެލެތޯނަށް ލިބިފައި ވަނީ ޖުމުލަ، 18،418،922.24ރ (އަށާރަ މިލިޔަން ހަތަރުލައްކަ އަށާރަހާސް ނުވަ ސަތޭކަ ބާވީސް ރުފިޔާ ސައުވީސް ލާރި) އާއި، 49،800.86$ (ސާޅީސްނުވަހާސް އަށްސަތޭކަ ޑޮލަރާއި އަށްޑިހަ ހަސެންޓް) އެވެ.

މި ޓެލެތޯނުން ލިބުނު ފައިސާ ފަލަސްޠީންގެ ރައްޔިތުންނަށް ފޯރުވައިދިނުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އެޖެންސީ ފޮރ ޕަލެސްޓައިން ރެފިއުޖީސް މެދުވެރިކޮށް ކަމުގައި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.