Advertisement

ހަނގުރާމަމަތީ މަތިންދާ ބޯޓުތަކެއް --

03 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއައި އިޓަލީގެ ހަނގުރާމަ މަތީ ބޯޓުތައް ފުރައިފި

އިއްޔެ ވެލާނާ އިންޓަރނޭޝަން އެއާޕޯޓަށް ޖެއްސި އިޓަލީ އަސްކަރިއްޔާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައި މިއަދު ފުރައިގެން ހިނގައްޖެއެވެ.

މި ބޯޓުތައް ރާއްޖެއިން ފުރީ، މިއަދު ހެނދުނު 11:15 ހާއިރުގައެވެ. އިއްޔެ ރާއްޖެއަށް އައިސް ފަނީ އިޓަލީ އަސްކަރިއްޔާގެ ހަނގުރާމަމަތީ ހަތަރު މަތިންދާ ބޯޓާއި އެބޯޓުތަކަށް ބޭނުންވާ ފިއުލް އުފުލާ އެހެންބޯޓެކެވެ.

އެމްއެންޑީއެފުން އިއްޔެ ވިދާޅުވީ، އެ ބޯޓުތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ އެކަމާއި ގުޅޭ ގޮތުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.

ބައިނަލް އަޤުވާމީ ރިޕޯޓްތައް ބުނާ ގޮތުގައި، އިޓަލީ އާއި ޖަޕާނުގެ އަސްކަރިއްޔާ ގުޅިގެން ދަނީ މިލިޓަރީ ތަމްރީންތަކެއް ހިންގަމުންނެވެ. އިޓަލީގެ ބޯޓުތައް ރާއްޖެއަށް ޖައްސާފައި ވަނީ ތެޔޮއެޅުމަށްކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.