Advertisement

25 Jun 2024
ކުޅިވަރު

ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ

ހުނަރުވެރި ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި ދިވެހި ފުޓުބޯޅައިން މުޅި ރާއްޖެއަށް ވިދާލި، މުޙައްމަދު އާރިފް (ބަކާ)، މިއަދު ނިޔާވެއްޖެއެވެ.

ހަބަރު ލިބިފައިވާ ގޮތުގައި ބަކާއަށް އައިސީޔޫގައި ފަރުވާ ދޭން ފެށީ، އޭނާ ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު މާލެ އައިފަހުން، ހުން އައިސް، ނެވާލުމަށް އުނދަގޫވާތީއެވެ. އުމުރުން 38 އަހަރުގެ ބަކާގެ ފަރުވާ ކުރިޔަށް ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ ދިވެހި ފުޓުބޯޅަ ސީޒަނުގައި ކުޅެފައިނުވާ ބަކާ އެންމެ ފަހުން ކުޅެފައިވަނީ، މިދިޔަ މެއި މަހު ފަހުކޮޅު ހެންވޭރު ދަނޑުގައި އެމް.އެސް. މޭޓްސް އިން އިންތިޒާމްކުރި ވެޓެރަންސް މުބާރާތުގައެވެ. އެއީ މެލޭޝިއާގައި އޮތް ވެޓެރެންސް މުބާރާތަކަށް ފަރިތަ ކުރުމުގެ ގޮތުން ބާއްވާފައިވާ މުބާރާތެކެވެ. ނަމަވެސް ޙައްޖުގެ އަޅުކަމަށް ފުރުމަށްޓަކައި، ބަކާ މެލޭޝިއާއަށް ދަތުރުކޮށްފައެއް ނުވެއެވެ.

އައްޑު އަތޮޅު ހިތަދޫއަށް އުފަން، ބަކާގެ ފުޓުބޯޅައިގެ ކެރިއަރު ފަށާފައިވަނީ 2004 ވަނަ އަހަރު އައިލެންޑު ފުޓުބޯޅަ ކްލަބް (އައި.އެފް.ސީ) އިންނެވެ. އޭގެ ފަހުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އޭނާ ކުޅެދީފައިވެއެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ދިވެހި ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ވެސް ބަކާ ހިމެނުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.