Advertisement

މިއަދު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާކުރެއްވި އިބްރާހީމް ޝާޒް -- ފޮޓޯ: މަޖިލިސް

24 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

ބޭނުން ވަނީ ތިންރަށުގެ ރައްޔިތުންގެ ތަރައްޤީގެ އުއްމީދުތައް ޙާޞިލްކޮށްދޭން: ޝާޒް

ބޭނުން ވަނީ ތިންރަށުގެ ރައްޔިތުންގެ ތަރައްޤީގެ އުއްމީދުތައް ޙާޞިލްކޮށްދިނުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާ މިއަދު ކުރެއްވި އިބްރާހީމް ޝާޒް ވިދާޅުވެއްޖެއެވެ.

ޝާޒް މެމްބަރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ޝާޒްއަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫންއެވެ، މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުވާކުރެއްވުމާއި ހުވާގެ އިޤުރާރުގައި ސޮއެކުރެއްވުމަށްފަހުގައި، ޝާޒް ދެއްވި ބަސްދީ ގަތުމުގައި ވިދާޅުވީ، މަޖިލީހުގައި ބޭކާރު ވާހަދައްކައި ވަގުތު ބޭކާރުކޮށްލުމަށް ފުރުޞަތެއް ނެތް ކަމަށެވެ. އަދި މަޖިލީހުގައި އޭނާއަށް ލިބިފައި އޮތީ ކުރު މުއްދަތެއްކަން ފާހަގަކުރައްވައި، ޝާޒް ވިދާޅުވީ، އޭނާ ދެމި ހުންނަވާނީ ރައްޔިތުންނަށް ވީ ވަޢުދު ފުއްދުމަށް ކަމަށެވެ.

ޝާޒް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާ އޭނާ ކުރެއްވުމަކީ، އެމްޑީޕީއަށާއި ދާއިރާގެ ރައްޔިތުންނަށް ލިބިގެންދިޔަ ކާމިޔާާބެއް ކަމަށެވެ.

ރާއްޖޭގައި މަލްޓިޕާޓީ ސިޔާސީ ނިޒާމް ތަޢާރަފްކުރެވި އާއްމު އިންތިޚާބު ބޭއްވި ކޮންމެ ފަހަރެއްގައިވެސް، މިފަހަރު މެނުވީ، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އޭގެ ކުރިން އެގޮނޑި ކާމިޔާބުކޮށްފައި ވަނީ ޑިއާރްޕީއިންނާއި ޕީޕީއެމްއިންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ، ފަޚުރުވެރި ކާމިޔާބެއްގެ ގޮތުގައި އެމްޑީޕީން ފާހަގަކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.