Advertisement

އުލްޔާ (ކ) އަދި އާން (ވ)، ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް

23 Jun 2024
ފެތުން
މިފްތާޙް މުޙައްމަދު

އޮލިމްޕިކްސްގައި ފެތުމުގެ ކުޅިވަރުން ރާއްޖެ ތަމްސީލު ކުރާނީ އާން އަދި ޢުލްޔާ

މި އަހަރުގެ ޖުލައި 26 ގައި ފްރާންސްގެ ޕެރިހުގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އޮލިމްޕިކް ގޭމްސްގައި ފެތުމުގެ ކުޅިވަރުން ދިވެހިރާއްޖެ ތަމްޞީލުކުރާނީ މުޙައްމަދު އާން ޙުސައިން އަދި ޢާއިޝަތު ޢުލްޔާ ޝާއިޤް ކަމުގައި ސްވިމިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރުމަށް މި ދެ އެތުލީޓުން ހޮވުނު ގޮތަށް އަލިއަޅުވާލަމުން އެ އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެ 2 ފުރުޞަތަކީ ޔުނިވަރސިލިޓީ ޕްލޭސަސްގެ ދެފުރުޞަތެވެ. އަދި އޮލިމްޕިކް ގޭމްސްއަށް ދާނެ ދިވެހި 2 ފެތުންތެރިން ކަނޑައެޅުނީ ވޯލްޑް އެކުއަޓިކްސްއިން ކަނޑައަޅާފައިވާ ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޕޮއިންޓް ލިބުނު އެތުލީޓުން ކަމުގައި ވެސް އެ އެސޯސިއޭޝަނުން ހާމަކޮށްފައިވެއެވެ.

މި ދެ އެތުލީޓުންގެ ތެރެއިން މުޙައްމަދު އާން ޙުސެއިންގެ އަތުގައި ފެތުމުން ރާއްޖޭގެ އިންޑިވިޖުއަލް ރެކޯޑުތަކެއް ވެސް އޮވެއެވެ. އެގޮތުން ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކްގެ ރެކޯޑާއި، ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލްގެ ރެކޯޑާއި، ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލްގެ ރެކޯޑާއި އަދި ފިރިހެނުންގެ ޝޯޓް ކޯސް 50 މީޓަރު ފްރީސްޓައިލްގެ ރެކޯޑު އޮންނަނީ އޭނާގެ އަތުގައެވެ. މީގެ ތެރެއިން ޝޯޓް ކޯސް 50 މީޓަރު ފްރީސްޓައިލްގެ ރެކޯޑު ފިޔަވާ އެހެން ހުރިހާ ރެކޯޑަކީ ވެސް މި އަހަރު އައުކޮށްފައިވާ ރެކޯޑުތަކެވެ.

މީގެ އިތުރުން ރިލޭ ރެކޯޑުތަކުގެ ތެރޭގައި އޭނާ ހިމެނެނީ ލޯންގް ކޯސް 4x100 މީޓަރ ފްރީ ސްޓައިލް ރިލޭ އާއި، ޝޯޓް ކޯސް 4x100 މީޓަރ ފްރީ ސްޓައިލް ރިލޭ އާއި، ލޯންގް ކޯސް 4x200 މީޓަރ ފްރީ ސްޓައިލް ރިލޭ އާއި، ޝޯޓް ކޯސް 4x100 މީޓަރ ފްރީ ސްޓައިލް ރިލޭ އާއި، ޝޯޓް ކޯސް 4x200 މީޓަރ ފްރީ ސްޓައިލް އަދި ލޯންގް ކޯސް 4x100 މީޓަރ ފްރީ ސްޓައިލް މިކްސްޑް ރިލޭގައެވެ.

ޢާއިޝަތު ޢުލްޔާ ޝާއިޤްގެ އިންޑިވިޖުއަލް ރެކޯޑުތަކެއް ނެތް ނަމަވެސް ރިލޭ ރެކޯޑުތަކުގައި އޭނާ ހިމެނެއެވެ. އެގޮތުން ޝޯޓް ކޯސް 4x100 މީޓަރ ފްރީ ސްޓައިލް ރިލޭއާއި، ޝޯޓް ކޯސް 4x100 މީޓަރ މެޑްލޭ ރިލޭއާއި، ލޯންގް ކޯސް 4x100 މީޓަރ ފްރީ ސްޓައިލް މިކްސްޑް ރިލޭގެ އިތުރުން ލޯންގް ކޯސް 4x100 މީޓަރ މެޑްލޭ މިކްސްޑް ރިލޭގައި އޭނާ ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.