Advertisement

މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއިން —

21 Jun 2024
ދުނިޔެ
ޢަލީ ސުލައިމާން

ހައްޖުގެ އިންތިޒާމްތައް ގޯސްވުމުން ޠޫނިސްގެ އިސްލާމިކް މިނިސްޓަރު މަޤާމުން ވަކިކުރައްވައިފި‏

ާހައްޖުގެ އިންތިޒާމްތައް ގޯސްވުމުން ޠޫނިސްގެ މިނިސްޓަރ އޮފް ރިލިޖަސް އެފެއާޒް ސައްޔިދު އިބްރާހީމްް އަލް ޝައިބީ މަޤާމުން ވަކިކުރައްވައިފިއެވެ.

ޠޫނިސްގެ ރައީސް ޤައިސް ސަޢީދު އެމަނިކުފާނުގެ ކެބިނެޓުން މިނިސްޓަރ އޮފް ރިލިޖަސް އެފެއާޒް ސައްޔިދު އިބްރާހީމްް އަލް ޝައިބީ ވަކި ކުރެއްވީ މިއަދު ކަމުގައި، ޠޫނިސްގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައެވެ. ޝައިބީ މަޤާމުން ވަކިކުރެއްވި އިރު އޭނާ ހުންްނެވީ އެޤައުމުން ހައްޖަށްދިޔަ މީހުންގެ ކަންކަމާއި ހަވާލުވެވަޑައިގެން މައްކާގައެވެ. ޝައިބީ މަޤާމުން ވަކިި ކުރެއްވި ނަމަވެސް އޭނާގެ ބަދަލުގައި ކެބިނެޓަށް އައު ބޭފުޅަކު އަދި ޢައްްޔަނު ކުރައްވާފައެއް ނުވެއެވެ.

ޙައްޖުގެ އިންތިޒާމްތައް ގޯސްވެގެން ޠޫނިސްގެ ރައީސް އެޤައުމުގެ އިސްލާމިކް މިނިސްޓަރު މަޤާމުންވަކިކުރެއްވި އިރު ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންނަށް އިންތިޒާމްތައް ހަމަޖައްސާފައި ހުރި ގޮތާއިމެދުވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. މިގޮތުން މިނާގެ ފޭލިގެތަކުގައި ދިވެހި ހައްޖާޖީން ވަރަށް ބޮޑަށް ތޮއްޖެހިގެން ތިބެންޖެހުނުކަން ފާހަގަކޮށް އެކަމަށް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. އަދި އެވީޑިއޯތައްްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ. 

ޙައްޖުގެ އިންތިޒާމްތައް ގޯސްވެގެން އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބުދެއްވައި އިސްލާމިކް މިނިސްޓަރ  ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ވިދާޅުވީ ހައްޖުގެ އިންތިޒާމްތައް މިއަހަރަށްވުރެ މިއަންނަ އަހަރު ރަނގަޅުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.