Advertisement

21 Jun 2024
ދީން
މިފްތާޙް މުޙައްމަދު

ލަދުވެތިކަމަކީ ނިޢުމަތެކެވެ

އަހަރެމެން މި ދިރިއުޅޭ މުޖުތަމަޢުގައި ލަދުވެތިކަން އިސްކުރާ މީހުންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެއެވެ. އަދި އެމީހުންނަކީ އިޖުތިމާޢީ ގިނަ ކަންކަމާ ދުރުދުރުން އުޅޭ ބައެއްގެ ގޮތުގައި ވާހަކަ ދެކެވެއެވެ. ޙާއްސަކޮށް ޢީދު ފަދަ މުނާސަބާތަކުގައި މިފަދަ ވާހަކަތަކަކީ ގިނަގިނައިން ދެކެވޭ ވާހަކަތަކެކެވެ.

ނަމަވެސް އެންމެންނަކީ އެއް ކަންތައްތަކަކަށް ޝައުގުވެރިކަން ހުންނާނެ ބައެއް ނޫނެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ގޮސް، އެތަނަށް އެއްވެ ތިބި އެންމެންގެ ސަމާލުކަން ލިބޭ ގޮތަށް އުޅުމަކީ ވެސް ކޮންމެ މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ. މީގެ އިތުރުން، ޢީދު ފަދަ މުނާސަބާތަކާއި ގުޅުވައި ވިޔަސް، އެމީހެއްގެ ގަބޫލުކުރުންތަކާ ޚިލާފުކަންކަން ނުކުރުމަށް، ނުވަތަ އެކަންކަމުގެ މައްޗަށް ލަދުވެތިކަން އިސްކުރުމަކީ ބުއްދިވެރީންގެ ސިފައެކެވެ.

ލަދުވެތިކަމަކީ އެންމެހައި ނުބައިކަންކަމާ ދުރުހެލިވުމަށް ބާރުއަޅާ، އަދި ޙައްޤުގެ ވެރިޔާއަށް އޭނާގެ އެ ޙައްޤު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅުވެރިވުމުގެ ރޫޙު އުފައްދައިދޭ ކަމެއްކަމުގައި ދީނީ ޢިލްމުވެރިން ފާހަގަކުރާ ކަމެކެވެ. މީގެ މާނައަކީ، ލަދުވެތި މީހަކީ މީހެއްގެ ހައްޤަކަށް އަރައިގަންނާނެ މީހެއް ނޫންކަމެވެ. ނުވަތަ އެފަދަ މީހަކީ އެހެން މީހުންގެ ހައްޤުތައް އަދާކުރުމުގައި އަޙުދުތަކާއި ވަޢުދުތަކަށް އިޙުތިރާމްކުރާނެ ބައެއްކަމެވެ.

މި އަހަރުގެ ޢަލްޙާ ޢީދަށްފަހު އައި ފުރަތަމަ ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުން، ލަދުވެތިކަމުގެ މި މާތްސިފައިގެ މުހިންމުކަމުން ކީރިތި މާތް ނަބިއްޔާ މި ސިފަ ގެންނަވާފައިވަނީ އީމާންކަމުގެ ތެރެއިންނެވެ. އަދި މި ސިފަ ހުރެއްޖެ މީހަކު، އެ ސިފައިގެ ސަބަބުން ފާފަތަކަށް އަރައިގަތުން މަނާ ކުރާނެ ކަމަށާއި، ލަދުވެތިކަމަކީ ހެޔޮކަމެއްކަމުގައި ނަބިއްޔާ ހަދީޘް ކުރައްވާފައިވާކަމެކެވެ.

ޚުޠުބާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން، ހިތާމައަކީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވުމެވެ. އަދި ހެދުން އެޅުމާއި، މުޢާމަލާތް ކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން ލަދުވެތިކަމުގެ މާތް ސިފަ ނެތެމުންދާ ތަން ފެނުނެވެ. މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ޙަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުއެވެ. އެކިއެކި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތިއެވެ.

މިކަމަށް އަދުގެ މުޖުތަމައުން ސަމާލުކަން ދޭންޖެހޭ މިންވަރަށް ޚުޠުބާގައި ވަނީ ވަރަށް ބޮޑަށް އަލިއަޅުވާލާފައެވެ. އެހެނީ ލަދުވެތިކަމަކީ ތިމާއާއި ފާހިޝްކަންތައްތަކާއި މެދުގައިވާ ހުރަހެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.