Advertisement

ޖަމާލް މުސިއާލާ، ފޮޓޯ: ޖީއެމްއެސް

18 Jun 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

މުސިއާލާ އިނގިރޭސި ސީނިއަރ ޓީމަށް ކުޅެން ބޭނުންނުވީ ކީއްވެގެންކަން އެނގޭތަ؟

އަރަމުން އަންނަ ތަރި، ޖަމާލް މުސިއާލާއަކީ މޮޅު ކުޅުންތެރިއެއްކަން އޭނާވަނީ ޖަރުމަނާއި ސްކޮޓްލަންޑު ބައްދަލުކުރި ޔޫރޯ 2024ގެ ފުރަތަމަ މެޗުގައި ވެސް ސާބިތުކޮށްދީފައެވެ. އޭނާގެ މި ހުނަރާއި، މިހާރުގެ އިނގިރޭސި ގައުމީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ހުނަރު ފެނިފައި ގިނަ ބަޔަކު އުފައްދާ އެއް ސުވާލަކީ، އިނގިރޭސި ޖޫނިއަރ ޓީމާއެކު މުބާރާތްތަކެއް ކުޅެ، އަދި ޗެލްސީގެ އެކަޑަމީއިން ނިކުތް މުސިއާލާ އިނގިރޭސި ސީނިއަރ ޓީމާއެކު މުބާރާތަކަށް ނިކުތުމުގެ ބަދަލުގައި، ޖަރުމަނު ގައުމީ ޓީމަށް ކުޅެން ފެށި ސަބަބެވެ.

އެހެން ގައުމެއްގެ ރަށްވެހިކަން ހޯދައިގެން އެ ގައުމެއްގެ ފުޓުބޯޅަ ޓީމަށް ކުޅުމަކީ އަބަދުވެސް ހިނގާކަމެކެވެ. އަދި އެއީ އެހާ ބޮޑަށް ދައްކާ ވާހަކަތަކެއް ވެސް ނޫނެވެ. ނަމަވެސް، އިނގިރޭސީ ޖާޒީގައި އެ ގައުމުގެ އެކިފުރާގެ ގައުމީ ޓީމުތަކަށް ކުޅުމަށްފަހު، ދެން އެހެން ގައުމެއްގެ ޖާޒީގައި މުސިއާލާ ފެނުމަކީ އޭނާގެ އެ ނިންމުމާމެދު ގިނަ ސުވާލުތަކެއް އުފެދެން މެދުވެރިވި ސަބަބެވެ.

އިނގިރޭސި ގައުމީ ޖާޒީގައި އެ ގައުމުގެ 15 އަހަރުން ދަށުގެ ޓީމުން ފަށައި، އެކި އުމުރު ފުރާގެ ޓީމުތަކަށް މުސިއާލާ ވަނީ ކުޅެފައެވެ. އަދި އުމުރުން އެންމެ 17 އަހަރުގައި، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ވަނީ އިނގިރޭސިވިލާތުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ޕްރޮމޯޓު ވެސް ކޮށްފައެވެ. އެއީ 21 އަހަރުން ދަށުގެ ޔޫރޯ ކޮލިފައި މެޗުތައް ކުޅުމަށެވެ.

މުސިއާލާ އިނގިރޭސި ގައުމީ ޓީމަށް ކުޅެދިން މެޗެއްގައި

އިނގިރޭސިވިލާތް ދޫކޮށްލައި، މުސިއާލާ ޖަރުމަނަށް ބަދަލުވެފައިވަނީ 2019 ވަނަ އަހަރުއެވެ. ޖަރުމަނަށް ބަދަލުވުމަށްފަހު އޭނާ ގުޅުނީ ބެޔާން މިއުނިކާއެވެ. އަދި މިހާރު ވެސް އޭނާ ކުޅެމުން އަންނަނީ އެ ކުލަބަށެވެ.

ދަ އެތުލެޓިކް އިން ހާމަކޮށްފައިވާ ގޮތުގައި، އިނގިރޭސި ގައުމީ ޓީމު ދޫކޮށް ޖަރުމަނުގެ ސީނިއަރ ޓީމަށް މުސިއާލާ ކުޅެން ބޭނުންވީ، އޭނާއަކީ ޖަރުމަނަށް އުފަން ކުޅުންތެރިއަކަށް ވުމުންނެވެ. އޭނާ އުފަންވެފައިވަނީ ޖަރުމަނުގެ ސްޓުޑްގާޓަށެވެ. އަދި އިނގިރޭސިވިލާތަށް ބަދަލުވީ 7 އަހަރު ވަންދެން ޖަރުމަނުގައި ދިރިއުޅުމަށްފަހުއެވެ. އަދި އެއަށްފަހު 10 އަހަރު އިނގިރޭސިވިލާތުގައި ދިރިއުޅުނުއިރު، އޭނާ ފެނިފައިވަނީ ޗެލްސީގެ ނޫ ޖާޒީގައި، އެ ކުލަބުގެ ޖޫނިއާރ ޓީމުންނެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅުމަށްފަހު މުސިއާލާ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުމަށް ނިންމީ 2021 ވަނަ އަހަރުއެވެ. މި ނިންމުމަށް އަލިއަޅުވާލައި އޭނާ ބުނެފައިވަނީ، އޭނާ ގަބޫލުކުރާ ގޮތުގައި އުފަން ގައުމަށް ކުޅެދިނުމަކީ އޭނާއަށް އެންމެ ރަގަޅު ގޮތް ކަމަށެވެ. މިގޮތަށް ނިންމީ ދެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނާއި ވާހަކަ ދެއްކުމަށްފަހުކަމަށް ވެސް އޭނާ ހާމަކޮށްފައިވެއެވެ.

ޖަރުމަނުގެ ހުދު ޖާޒީގައި މުސިއާލާ އެންމެ ފުރަތަމަ ކުޅުނު މުބާރާތަކީ 2022 ވަނަ އަހަރު ގަތަރުގައި ކުޅުނު ވޯލްޑް ކަޕެވެ. އޭރު އޭނާގެ އުމުރުން 19 އަހަރެވެ. އެއަށްފަހު ޖެހިގެން އައި 2023/24 ސީޒަނުގައި ވެސް އޭނާ ވަނީ ކްލަބް ލެވެލްގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފައެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، ޔޫރޯ 2024 އަށް ޖަރުމަނުގެ ސުކޮޑު އެކުލަވާލިއިރު އޭނާގެ ނަމަކީ ލިސްޓުގައި އެންމެ ކުރިން ލިޔެވުނު ނަންތަކުގެ ތެރެއިން ނަމެކެވެ.

އިނގިރޭސިވިލާތަށް ކުޅުމުގެ ފުރުސަތު އޮވެ، އެ ފުރުސަތު ދޫކޮށްލި ހަމައެކަނި ކުޅުންތެރިއަކީ މުސިއާލާއެއް ނޫނެވެ. މެންޗެސްޓަރ ސިޓީގެ ފޯވާޑް، އާރލިން ހާލަންޑަކީ އިނގިރޭސިވިލާތުގެ ސިޓީއެއް ކަމުގައިވާ ލީޑްސް ޔުނައިޓެޑަށް އުފަން ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ނިންމީ ނޯވޭއަށް ކުޅުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.