Advertisement

ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑު ވަޒީރު --

16 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް ޢީދުގެ ތަޙްނިޔާ ފޮނުއްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޢީދުގެ ތަޙްނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި ތަޙްނިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނަށް އަޟްޙާ އީދުގެ ހެޔޮ އެދުމާއި ތަޙްނިޔާ ފޮނުއްވާފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މެސެޖުގައި، މިއަދު ފާހަގަކުރާ އުފާވެރި ޢީދު ދުވަހުން ހަނދާނަށް ގެނެސްދެނީ، އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ޞުލުޙަވެރި އަދި އެންމެން ޝާމިލްވާ ދުނިޔެއެއް ބިނާކުރުމުގެ ބޭނުންތެރިކަމާއި އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައި ވިދާޅުވެފައިއެވެ.

އަދި އިންޑިއާގައި އޮތް މަލްޓިކަލްޗަރަލް ސަޤާފަތްތަކުގެ ތެރެއިން ފޯރިއާ އުފާވެރި ކަމާއި އެކު ފާހަގަކުރެވޭ ދުވަހެއް ކަންވެސް އިންޑިއާގެ ބޮޑުވަޒީރުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ޢީދުގެ ތަޙްނިޔާ ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރު މިފަދަ މެސެޖެއް ފޮނުއްވި އިރު، ބޭރު ޤައުމުތަކުގެ ސަޤާފަތްތަކާއި އެއްގޮތަށް ރާއްޖޭގައި ޢީދު ފާހަގަކުރުމުގެ ކަންކަން ހިނގަމުންދާތީ އެކަމުގެ ކަންބޮޑުވުން، އީދާއި ގުޅިގެން ފޮނުއްވި ތަޙްނިޔާގެ ޚިޠާބުގައި ރައީސް ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.