Advertisement

ފުވައްމުލަކުގައި ކުރިޔަށް ގެންދިޔަ އީދު ހުޅު ރޯކުރުމުގެ ހަރަކާތުގެ ތެރެއިން --

16 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ފުވައްމުލަކުގައި ތައްޔާރުކުރި އީދު މަަޅި ބަޔަކު ވަގަށް ރޯކޮށްލައިފި

1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރުތައް ފެށުމުގެ ގޮތުން، ރޯކޮށްލުމަށް ފުވައްމުލައް ސިޓީކައުންސިލުން ތައްޔާރުކުޅި އީދުމަޅި ބަޔަކު ވަގަށް ރޯކޮށްލާފައިވާ ކަމުގައި، ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

އީދު ގެ ހަރަކާތްތައް ފެށުމުގެ ގޮތުން ރޭގައި ރޯކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ތައްޔާރު ކުރި އީދުޅި ބަޔަކު ވަގަށް ރޯކޮށްލާފައިވާތީ، ސިޓީ ކައުންސިލުން ވަނީ އެކަން ކުއްވެރިކަޮށްފައެވެ. 

ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެކަމަކީ އެކައުންސިލުން ނުހަނު ބޮޑަށް ކަންބޮޑުވާ އަދި ކުއްވެރިކުރާ ޢަމަލެއް ކަމަށެވެ. އަދި ރަށުގެ އިޖުތިމާޢީ ގުޅުމާއި އެކުވެރިކަން އާލާކުރުމަށް ހިންގޭ މިފަދަ ހަރަކާތްތަކަށް ހުރަސް އެޅޭ ގޮތަށް ޢަމަލު ކުރުން އެކައުންސިލުން ކުއްވެރިކުރާ ކަމުގައި ވެސް ސިޓީކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންގެ ހެވާއި ލާބައަށް ކުރެވޭ މިފަދަ ކަންތައްތަކާިއ އެނޫންވެސް އެއްވެސް ފަރުދަކަށް ގެއްލުމެއް ނުވަތަ ދެރައެއް ލިބިދޭ ޢަމަލުތައް ނުކުރުމަށާއި، އެފަދަ އަމަލުތަކަށް އެއްވެސް ގޮތަަކަށް ހިއްވަރު ނުދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

1445 ވަނަ އަހަރުގެ ޢީދު ކުޅިވަރުތައް ފެށުމުގެ ގޮތުން ރޯކޮށްލުމަށް ތައްޔާރުކުރި އީދު މަޅި ބަޔަކު ވަގަށް ރޯކޮށްލުމުންވެސް އަލުން އީދު މަޅި ތައްޔާރުކޮށް، ސިޓީ ކައުންސިލުން ވަނީ އެހަރަކާތް ރޭގައި ކުރިޔަށް ގެންގޮސްފައެވެ. ފުވައްމުލަކުގައި ކުރިޔަށް ގެންދިޔަ އެހަރަކާތް ބަލާލުމަށް ރަށުގެ ކުދިބޮޑު ރައްޔިތުން ޖަމާވިއެވެ.

ކޮމެންޓް
ސަޖޯ
ތިޔައީ ހިންދޫން ކުރާ ލާދީނީހަމަލެއް އެހެންވީމަ ނޫންބާ ރޯކޮށްލީ
16 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.