Advertisement

އެޗްޑީސީން ޢީދު ހުޅު ރޯކުރުން -- ފޮޓޯ: ނޫން.އެމްވީ

16 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ވެދުމާ ދިޔުމާއި އީދުހުޅުން އެޗްޑީސީގެ ޢީދު ކުޅިވަރުތައް ފަށައިފި

މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އެޗްޑީސީން ހުޅުމާލޭގައި ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ އީދު ކުޅިވަރުތައް ރޭ ފަށައިފިއެވެ.

އެޗްޑީސީގެ ޢީދު ކުޅިވަރުތައް ފަށާފައި ވަނީ ރޭ، ޢީދު ވެދުމާ ދިޔުމާއި ޢީދު ހުޅުންނެވެ. ވެދުމާ ދިޔުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ އެޗްޑީސީގެ ހެޑް އޮފީސް ކުރިމަތިން އިރަށް ގޮސް، ނިރޮޅުމަގުން އުތުރަށް ގޮސް ހުޅުމާލެ ދިރާގު ހެޑް އޮފީހާއި ދިމާއިން ބީޗަށެވެ. 

ޢީދުގެ ކުޅިވަރުތައް ފެށުމުގެ ގޮތުން ޢީދު ބޮޑުހުޅުގެ ނަމުގައި، ޢީދުމަޅި ރޯކުރުމުގެ ހަރަކާތެއްވެސް އެޗްޑީސީން ރޭ ކުރިޔަށް ގެންގޮސްފައިވެއެވެ. މިހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ އިރުމަތީ ބުރިޖާއި ދިމާއިން މޫދުގައެވެ. މިހަރަކާތް ބަލާލުމަށް ހުޅުމާލޭގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ރޭ އެސަރަހައްދަށް ޖަމާވިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހަވީރާއި މިރޭވެސް ޢީދާއި ގުޅުގެން ކުރިޔަށް ގެންދާ ހަރަކާތްތައް އޮންނާނެއެވެ. މިގޮތުން މިއަދު ހަވީރު އޮންނާނީ، ގްރީސް ޕޯލް އާއި ކުޑަކުދިންގެ ހަވީރާއި، މާލި ޕެރޭޑެވެ. މިހަރަކާތްތައް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

މީގެ އިތުރުން މިރޭ، ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޮޑު މަސްބޭނުމާއި، ހަވާއެރުވުންވެސް އޮންނާނެކަމުގައި އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ޢީދުގެ ހަރަކާތްތައް މާދަމާ ނިންމާލާއިރު، މާދަމާ ހަވީރުވެސް ކޯޑި ކެނޑުމާއި ކުޑަކުދިންގެ ހަވީރު، ސެންޓްރަލް ޕާކުގައި އޮންނާނެއެވެ. އެންމެ ބޮޑު ހަރަކާތަކަށް މާދަމާރޭ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ، ދިރާގު ޢީދު ޝޯވ އެވެ. މިދިޔަ އަހަރުންފެށިގެން ދިރާގުން ކުރިޔަށް ގެންދަން ފެށި ދިރާގު ޓެސްލާ ވިން ޕްރޮމޯޝަންގައި، ދިރާގުންދޭ ޓެސްލާ ކާރު ލިބޭ ފަރާތް ހޮވުން މާދަމާރޭ ބާއްވާ ދިރާގު ޢީދު ޝޯވގައި އޮންނާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.