Advertisement

ފޮޓޯ: ސްވިމިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް

15 Jun 2024
ފެތުން
މިފްތާޙް މުޙައްމަދު

ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އެޤައުމުގެ 19 ވަނަ ޤައުމީ ފެތުމުގެ މުބާރާތުގައި އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ދިވެހި ރާއްޖޭގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ. މި ރެކޯޑު އާކޮށްފައިވަނީ ކުރިން ވެސް މި ރެކޯޑު އޮތް މިރާލް ޢައިން ލަތީފްއެވެ.

މިރާލް މި އިވެންޓުން ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 01:13.96 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އޭނާ މި ރެކޯޑު އެންމެ ފަހުން އާކުރީ2023 ވަނަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައި 01:13.99 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ރެކޯޑުގެ އިތުރުން މިރާލް ހަދާފައިވާ އެހެން ރެކޯޑުތަކަކީ، އަންހެނުންގެ ލޯންގްކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑާއި، ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ރެކޯޑާއި، ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ރެކޯޑާއި، ޝޯޓްކޯސް 50 މީޓަރު ބަޓަފްލައިގެ ރެކޯޑާއި، ޝޯޓްކޯސް 100 މީޓަރު ބަޓަފްލައިގެ ރެކޯޑާއި، ޝޯޓްކޯސް 200 މީޓަރު ބަޓަފްލައިގެ ރެކޯޑުގެ އިތުރުން ޝޯޓްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ރެކޯޑެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.