Advertisement

އީދާއި ގުޅިގެން މީގެ ކުރިން ފައި މަގުގައި އުޅޭ ގޮތަށް ހަމަޖެއްސި ވަގުތުގައި މާލޭގެ މަގު މަތި -- ފޮޓޯ: ނޫން.އެމްވީ

15 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ޢީދާއި ގުޅިގެން މާދަމާ ހަވީރު ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި

ޢީދު ދުވަހާއި ގުޅިގެން، މާދަމާ ހަވީރު ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

މާލޭ ސިޓީކައުންސިލުން ވިދާޅުވީ، ޢީދާއި ގުޅިގެން މާދަމާ ހަވީރުގެ 4:00އިން 6:00އަށް މާލާގެ މަގުތަކުގައި އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.

އީދު ދުވަހު މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކޮށްފައި ވަނީ، ބުރާސްފަތު ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ މިދައުރުގެ 150 ވަނަ ބައްދަލުވުމުގައެވެ.

އެއްގަމު އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަކޮށްފައިވާ ވަގުތުތަކުގައިވެސް ޚާއްޞަ ހުއްދައެއްގެ ދަށުން ބައެެއް އުޅަނދު ފަހަރު ދުއްވޭނެއެވެ. މިހުއްދަ ދޫކުރަނީ، މާލެ ސިޓީ ކައުންސިލުގެ އާންމު ޚިދުމަތާ ބެހޭ ބައިން ކަމުގައިވެސް ސިޓީ ކައުންސިލުން ހާމަކުރައްވާފައިވެއެވެ.

މާދަމާ ހަވީރު، މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރި ނަމަވެސް، ސިޓީ ކައުންސިލުން ހުއްދަދޭ އުޅަނދުތަކާއި، ސަލާމަތީ ޚިދުމަތްތަކުގެ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެއެވެ.

އެއްގަމު އިންޖީނުލީ އުޅަނދު ފަހަރު ދުއްވުން މަނާކުރެވިފައިވާ ވަގުތުގައި، ކޮންމެހެން ދަތުރުކުރަންޖެހޭ ހާލަތެއް ނުވަތަ ޟަރޫރަތެއް އޮވެގެން އެވަގުތުގައި ދަތުރުކުރަންޖެހޭ އުޅަނދުތަކަށް ހުއްދަ ދޫކުރުން، މާލެ ސިޓީ ކައުންސިލުގެ އާންމު ޚިދުމަތާ ބެހޭ ބައި (ތައިސޭ ކޮށީގައި) މިރޭގެ 9:00އިން 11:00އަށް ކުރިޔަށް ގެންދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.