Advertisement

މާލޭގެ މާފަންނު ސްޓޭޑިއަމްގައި ކުރެވުނު ޢީދު ނަމާދެއްގެ ތެރެއިން -- ފައިލް ފޮޓޯ

15 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ގްރޭޓާ މާލޭގެ 4 ތަނެއްގައި މާދަމާ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ

މާލެ ސަރަހަދުގައި މާދަމަމާ ހަތަރުތަނެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ، ވިލިމާލެ ބޯޅަދަނޑުގަޔާއި، މާލޭގެ މާފަންނު ސްޓޭޑިއަމްގަޔާއި، ހުޅުމާލެ ފޭސް 1 ސިންތެޓިކް ޓްރެކް ގަޔާއި އަދި ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި އޮންނަ ހުސްބިމުގައެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެއެވެ. އަދި މޫސުމް ތަން ނުދިނުމުގެ ސަބަބުން ބޮޑުޖަމާޢަތްތަކުގައި ޢީދު ނަމާދުކުރުން ދަތިވެއްޖެ ޙާލަތެެއްގައި މާލެ ސަރަހައްދުގައި ހުކުރުނަމާދު ކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.